ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަޑުގަދަކޮށް، ޖަލްސާ ކުރިއަށް ގެންދަން ދަތި ކުރުމުން، ނަން އިއްވި، އިދިކޮޅު އެމްޑީޕީގެ މެންބަރުން މަޖިލީހުން ނިކުންނަންދެން މަޖިލީހުގެ މިއަދުގެ ޖަލްސާ މެދު ކަޑާލައިފިއެވެ.
ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނަން އިއްވައި ނިކުންނަން އެންގެވި މެންބަރުންނަކީ، ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރާއި، ހުޅުމާލެ ދެކުނު ދާއިރާގެ މެންަބރު ޑރ. އަހްމަދު ޝަމްހީދާއި، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމާއި، ވައިިކަރަދޫދ ާއިރާގެ މެންބަރު ހުސެއިން ޒިޔާދާއި ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދުއެވެ
އެ މެންބަރުންގެ ނަން އިއްވައި ނިކުންނަށް އެންގެވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ، ދެ އިންތިހާބު އެއްކޮށްލަން ގާނޫނުއަސާސީއަށް ބަދަލު ގެނައުމުގެ ބިލު ފާސްކުރަން، ކުރަންޖެހޭ ބަހުސްގެ ތެރެއިންނެވެ.
ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބު ކުރަން ބާއްވާ ރިޔާސީ އިންތިހާބާއެކު، ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވަން ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބު، ދެ އިންތިހާބު އެއްކޮށް ބާއްވަން ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ހުށަހެޅި ބިލު މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ދިރާސާ ކުރުމަށްފަހު އިތުރު ބަދަލެއްނުގެން ބިލް އޮތްގޮތަށް ފާސްކުރަން ފެނަން ކަަމަށް ކަނޑައަޅައި، މަޖިލިސް ތަޅުމަށް ވަނީ ފޮނުވައިފައެވެ.





