މިއަދުގެ ޖަލްސާ ފެށިގެން 15 މިނެޓުގައި މައުރޫފްގެ ނަން އިއްވައި ތަޅުމުން ބޭރަށް

މިއަދުގެ ޖަލްސާ ފެށިގެން 15 މިނެޓުގައި މައުރޫފްގެ ނަން އިއްވައި ތަޅުމުން ބޭރަށް

މިއަދު ހެނދުނު ފެށި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފަށައިގެން ފުރަތަމަ 15 މިނިޓުގެ ތެރޭގައި، ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރުގެ ނަން އިއްވައި ބޭރު ކުރައްވައިފިއެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ އަބްދުއްރަޙީމް، މައުރޫފްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނެރުއްވީ މައުރޫފް ވަޑައިގެން ރިޔާސަތުގެ ކުރިމަތީގައި އިޖުތިޖާޖު ކުރައްވަމުން ގެންދެވިއިރު، އެނބުރި މައުރޫފްގެ ގޮނޑިކޮޅަށް ވަަޑައިގަތުމަށް ތަކުރާރުކޮށް އެންގެވުމުންވެސް ގޮނޑިއަށް ވަޑައިނުގެން އިހުތިޖާޖުގައި ހުންނެވުމުންނެވެ.

އޭނާ އިހުތިޖާޖު ކުރެއްވީ ޤާނޫނުއަސާސީއަށް ހުށަހެޅި އިސްލާހާއި ގުޅިގެންނެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ، ޤާނޫނުއަސާސީއަށް އިސްލާޙު ގެނައުމަކީ މަޖިލީހަށް ލިބިގެންވާ ބާރެއް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *