ޗާގޯސްގެ މައްސަލައިގައި އިނގިރޭސިވިލާތުގެ ޖަވާބު: އެތައް ކޯޓަކުން އެއޮތީ ހުކުމް އިއްވާފައި، މިއި ހަމައެކަނި އަހަރެމެންނާ މޮރިޝަސްއާ ދޭތެރޭ އޮތް ކަމެއް

ޗާގޯސްގެ މައްސަލައިގައި އިނގިރޭސިވިލާތުގެ ޖަވާބު: އެތައް ކޯޓަކުން އެއޮތީ ހުކުމް އިއްވާފައި، މިއި ހަމައެކަނި އަހަރެމެންނާ މޮރިޝަސްއާ ދޭތެރޭ އޮތް ކަމެއް

ޗާގޯސްގެ މައްސަލައަކީ ހަމައެކަނި މޮރިޝަސްއާ އިނގިރޭސިވިލާތުގެ މެދުގައި އޮތް މައްސަލައެއް ކަަމަށް އިނގިރޭސިވިލާތުން ބުނެފިއެވެ.

ރާއްޖޭގެ ސިޔާސަދީ ބާރު ލިބުން އެންމެ ހައްގު ވަނީ ރާއްޖެއަށް ކަމަށާއި، މޮރިޝަސް ރާއްޖެއާ ހަވާލުކުރަން އެދި އިނގިރޭސިވިލާތުގެ ސަރުކާރަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނިކޮށް، ތުރުކީވިލާތުގެ ސަރުކާރުން ހިންގާ މީޑިއާއެއް ކަމަށްވާ "އަނަދުލު އެޖެންސީ" އިން މި މައްސަލައިގައި އިނގިރޭސިވިލާތުގެ ޚާރިޖިއްޔާއަށް ފޮނުވި ސިޓީއެއްގެ ޖަވާބުގައި ބުނެފައިވަނީ ދުނިޔޭގެ "އެތައް ކޯޓަކުން، ހުކުމަކުން އަދި އެކި އިދާރާ ތަކުން ވަނީ ޗާގޯސްގެ ސިޔާދަތީ ބާރުގެ ސުވާލު އޮތީ ޔޫކޭ އާއި މޮރިޝަސްއާ ދެމެދުގައިކަން ސާފުވެފައި" ކަމަށް ބުނެފައެވެ.

އިނގިރޭސިވިލާތުގެ ޚާރިޖިއްޔާއިން ބުނެފައި ވަނީ، އެ ގައުމުން މޮރިޝަސްއާއެކު ހަދާފައިވާ އެއްބަސްވުމުގައި ޗާގޯސްގެ އެންމެ ބޮޑު ރަށް ކަމަށްވާ ޑިއޭގޯ ގާސިއާ (ފޯޅަވަހި) ޙިމާޔަތް ކުރުމަށް ވަރަށް ވަރުގަދަ މާއްދާތަކެއްވެސް ހިމަނާފައިވާނެ ކަމަށެވެ. އެހެންވެ އެ ރަށް މިހާރުވެސް އޮތްގޮތަށް އޮންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. ފޯޅަވައްސަކީ އަބަދުވެސް އެމެރިކާގެ އަސްކަރީ މަރުކަޒެއް ހިންގަމުން އަންނަ ރަށެކެވެ.

ޗާގޯސް މައްސަލައިގައި އެންމެ ފަހުން މޮރިޝަސްއާއެކު އިނގިރޭސިވިލާތުން އެއްބަސްވުމެއްގައި ސޮއި ކުރީ މިދިޔަ އަހަރުގެ މޭ މަހުގައެވެ. އެގޮތުން އެއްބަސްވުމުގައިވާ ގޮތުން ޑިއެގޯ ގާސިއާ ކުރިއަށް އޮތް 99 އަހަރު ވަންދެން އޮންނާނީ އިނގިރޭސިވިލާތުގެ އަތުގައެވެ.

މޮރިޝަސްއާއި ރާއްޖޭގެ އިގްތިސޯދީ ކަނޑުގެ ސަރަހައްދު ބަހާފައިވާއިރު މޮރިޝަސްއަށްވުރެ ބޮޑުބައި ލިބެނީ ރާއްޖެއަށެވެ. އެގޮތުން 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ފުށުއަރާތީ އެތަން ދެ ގައުމަށް ބަހާލިއިރު، ރާއްޖެއަށް 47،232 އަކަކިލޯމީޓަރު ލިބެއެވެ. މޮރިޝަސް އަށް ލިބުނީ 45،331 އަކަކިލޯ މީޓަރެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *