އިނގިރޭސި ބޮޑުވަޒީރާއި ޓަރަމްޕްގެ ފޯންކޯލެއް، ޗާގޯސް މޮރިޝަސްއަށް ދޭން ތާއީދު: ޓްރަމްޕް

އިނގިރޭސި ބޮޑުވަޒީރާއި ޓަރަމްޕްގެ ފޯންކޯލެއް، ޗާގޯސް މޮރިޝަސްއަށް ދޭން ތާއީދު: ޓްރަމްޕް

އިނިގިރޭސިވިލާތުން ޗާގޯސްގެ ރަށްތައް މޮރިޝަސްއަށް ދޭން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށާއި އެ ނިންމުން ތަންފީޒު ކުރުމަށް އިނގިރޭސިވިލާތާއެކު މަސައްކަތް ކުރާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުން މޮރިޝަސްއަށް ޗާގޯސް ދޭން ނިންމި ނިންމުމަށް ކުރިން ފާޑު ވިދާޅުވި ނަމަވެސް، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކިއާ ސްޓާމާއާ ފޯނުން ދެއްކެވި ވާހަކަތަކަށް ފަހު ޓްރަމްްޕް ސޯޝަލް މީޑިއާގައި ޓަރަމްޕް ވިދާޅުވީ، މޮރިޝަސްއަށް ޗާގޯސް ދޭން އިނގިރޭސިވިލާތުން މިހާރު ނިންމާފައި އޮތް އޮތުމަށް ތާއީދު ކުރައްވާ ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ، ޗާގޯސްގައިވާ އެމެރިކާގެ އަސްކަރީ ބޭސް ގާއިމް ކޮށްފައިވާ ޑިއެގޯ ގާސިއާއަކީ އެމެރިކާއަށް މުހިންމު ރަށެއް ކަމަށެވެ. އަދި ޑިއެގޯ ގާސިއާގައި އެމެރިކާގެ ސިފައިން ތިބޭނެކަން ކަށަވަރު ކުރުމަށް އަސްކަރީ ބާރުގެ ބޭނުން ކުރުމުގެ ހައްގު އެމެރިކާއިން ދޫނުކުރައްވާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް ވިދާޅުވީ، ޑިއެގޯ ގާސިއާ އެމެރިކާއަށް ކުއްޔަށް ދިނުމަށް މިހާރު ހަދާފައިވާ އެއްބަސްވުން މުސްތަގުބަލުގައި ރޫޅިއްޖެނަމަ، ނުވަތަ އެ އަސްކަރީ ބޭސްގައި އެމެރިކާގެ ސިފައިން ތިބުމަށް ގޮންޖެހުންތަކެއް ކުރިމަތިވުމުގެ ފުރުޞަތު ނުދޭނެ ކަމަށެވެ. ޓަރަމްޕް ވިދާޅުވީ، އިނގިރޭސިވިލާތުން މިހާރު ނިންމާފައި އޮތްގޮތަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

އިނގިރޭސި ވިލާތުން މޮރިޝަސްއާއެކު ހުސްވި މޭމަހު ސޮއިކުރި އެއްބަސްވުމުގައި ވާގޮތުން، ޗާގޯސްގެ ރަށްތައް މޮރިޝަސްއަށް ދޫކޮށްލި ނަމަވެސް ޑިއެގޯ ގާސިއާ  އޮންނާނީ މިހާރެކޭވެސް އެއްގޮތަށް އެމެރިކާ އާއި އިނގިރޭސި ވިލާތުގެ އަސްކަރީ މަރުކަޒެއްގެ ގޮތުގައެވެ. އެއްބަސްވުމުގައިވާ ގޮތުން ކުރިއަށް އޮތް 99 އަހަރަށް އިނގިރޭސި ވިލާތާއެކު މި އެއްބަސްވުން ދެމިއޮންނާނެއެވެ. އެއީ އަހަރަކު 101 މިލިއަން ޕައުންޑް (136 މިލިއަން ޑޮލަރު) ގެ ކުއްޔަކަށެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *