ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް އަވަހާރަކޮށްލައިފި

ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް އަވަހާރަކޮށްލައިފި

ލީބިޔާގެ ކުރީގެ ރައީސް މުއައްމަރުލް ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް ގައްޒާފީ އަވަހާރަ ކޮށްލައިފިއެވެ.

ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ގައްޒާފީގެ ދަރިކަލުން އަވަހާރަކޮށްލާފައި ވަނީ ލީބިޔާގެ ވެރިރަށް ޓްރިޕޮލީގައި ހަރަކާތްތެރިވަމުން އަންނަ ހަނގުރާމަވެރި ގްރޫޕަކާ ކުރިމަތިލި ކުރިމަތިލުމެއްގެ ތެރެއިންނެވެ. ނަމަވެސް އެ ގްރޫޕުން އެކަމާ ދެކޮޅު ހަދާފައިވެއެވެ.

ސައިފުލް އިސްލާމްގެ ބައްޕާފުޅު އަވަހާރަކޮށްލި ފަހުން އޭނާ ދަނީ ހުޅަނގުން އިސްތިއުމާރު ކޮށްފައިވާ ލީބިޔާ ހުޅަނގުގެ އަތްދޮށުން ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންނެވެ. އޭނާ ވިދާޅުވެފައި ވަނީ ބައްޕާފުޅު ގައްޒާފީގެ ބަދަލު ހިފާނެ ކަމަށެވެ.

ސައިފުލް އިސްލާމްގެ ބައްޕާފުޅު ގައްޒާފީއަކީ ލީބިޔާގައި ވަރަށްގިނަ ދުވަހު ވެރިކަން ކުރެއްވި ހުޅަނގުން ޖެހިލުންވި ވަރުގަދަ ސަޚްސިއްޔަތެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *