ވާސް ތަކެއްގައި ޑްރަގް އެތެރެކުރި މީހަކު 100،000 ރުފިޔާއިން ޖޫރިމަނާކޮށް، 25 އަހަރަށް ޖަލަށް

ވާސް ތަކެއްގައި ޑްރަގް އެތެރެކުރި މީހަކު 100،000 ރުފިޔާއިން ޖޫރިމަނާކޮށް، 25 އަހަރަށް ޖަލަށް

ވާސް ތަކެއްގެ ތެރެއަށް ލައިގެން ރާއްޖެއަށް ޑްރަގް އެތެރެކުރި މީހަކު 25 އަހަރަށް ޖަލަށް ލުމާއެކު، 100،000 ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

މި މައްސަލައިގައި ކޯޓުން ހުކުމް ކުރީ ސ. ހިތަދޫ ވެހެތާނުގެ އަބްދުﷲ ސާދިގުގެ މައްޗަށެވެ. ދައުލަތުން އޭނާގެ މައްޗަށް ކުރީ ޖަދުވަލު އެކެއްގައިވާ މަސްތުވާ އެއްޗެއް ރާއްޖެއަށް އެތެރެ ކުރުމުގެ ކުށުގެ ދައުވާއެވެ.

އެ ދައުވާކުރީ، ސްރީލަންކާ އެއާލައިނުން އޭނާ ރާއްޖެ އައިސް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އެރައިވަލް ތެރޭގައި ހުއްޓާ މޯލްޑިވްސް ކަސްޓަމްްސް ސާވިސް އިން އޭނާ ހުއްޓުވައި، އޭނާ ގެނައި ލަގެޖް ފޮށި ތަކުގެ ތެރެއިން ސްކައިމޭޓް ބްރޭންޑްގެ ލަގެޖް ފޮށި އެކްސްރޭކޮށް ބެލިއިރު އެ ފޮށީގައި ހުރި ވާސްތަކެއްގައި އެއްޗެއް ރައްކާކޮށްފައި ހުރިކަމަށް ބެލެވިގެން ވާސްތައް ތަޅާލައި ބެލިއިރު، އެތަކެތީގެ ތެރޭގައި ކޮންސީލް ކޮށްފައި ޑައިމޯފިން ހުރެގެންނެވެ.

މި މައްސަލައިގައި އޭނާ ބުނެފައިވަނީ އެތަކެއްޗަކީ ބެންގަލޫރުގައި ހުންނަ ލޫތު ކިޔާ މީހަކު ދިން އެއްޗެހި ތަކެއް ކަމަށެވެ. ނަމަވެސް ތަހުގީގުގައި، އެތަކެއްޗަކީ އޭނާއަށް އެނގި ހުރެ އެތެރެކުރި އެއްޗެހި ތަކެއްކަމަށް ކޯޓަށް ވަނީ ހެކިން ހުށަހަޅައިފައެވެ.

އެހެންކަމުން މަސްތުވާ އެއްޗެއް ރާއްޖެއަށް އެތެރެ ކުރުމުގެ ކުށުން އަބްދުﷲ ސާދިގު ކުށްވެރިވާ ކަމަށް ކަނޑައަޅައި 25 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކޮށް، އެ ފައިސާ 12 މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ވަނީ އަމުރު ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *