ރާއްޖޭގެ ވެރިކަމުގައި އެމްޑީީޕީ އޮންނައިރު، ރައްޔިތުން ނުކުމެ ސަރުކާރު ފަހައިދުވާކަށް ވެސް އަދި ކަންކަމުގައި އާދޭސް ކުރާކަށްވެސް ނުޖެހޭ ކަމަށާއި، އެމްޑީޕީ ވެރިކަމުގައި އޮންނައިރު، ރައްޔިތުންގެ ހައްގުތައް ކަށަވަރުވާ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފުވައްމުލަކު ސިޓީގައި އެމްޑީީގެ ފަރާތުން ބޭއްވި ކެމްޕޭން ހަރަކާތެއްގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ، ފުވައްމުލަކުގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ އެރަށުގެ އިރުމަތީ ފަރާތުން ގިރަމުން ދިއުން ކަމަށެވެ. ނަމަވެސް އެކަމަކީ ނުވާނެ ކަމެއް ކަމަށް ބަޔަކު ދެކުނު ނަމަވެސް، އެމްޑީީގެ ސަރުކާރުގައި އެ މަޝްރޫއު ނިންމާލިކަން ފައިސަލް ފާހަގަ ކުރެއްވިއެވެ.
ފައިސަލް ވިދާޅުވީ، މި ސަރުކާރަށް ތިން އަހަރުވާއިރު ފުވައްމުލަކުގައި ތަރައްގީގެ މަޝްރޫއެއް ހިނގާތަން ނުފެންނަ ކަމަށެވެ. ނަމަވެސް އެމްޑީޕީ ވެރިކަމުގައި އޮންނައިރު ރަށުގެ ތަރައްގީގެ ކަންކަން ފުރިހަމަ ވަމުން އަންނަ ކަމަށް ފައިސަލް ވިދާޅުވިއެވެ.





