ޗާގޯސްގެ ސިޔާދަތީ ބެލެނިވެރިކަން ރާއްޖެއަށް އަދި ލިބިދާނެ ކަމަށާއި އެ ފުރުޞަތު އަދި އެބައޮތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެެެވެ.
އެކްސްގައި ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޗާގޯސްގެ ޖަޒީރާތައް މޮރިޝަސްއަށް ދިނުމުގެ ބިލު، އިނގިރޭސިވިލާތުގެ ގާނޫނުހަދާ މަޖިލީހުގެ މަތިގޭގެ ވޯޓަށް ތައްޔާރު ވެފައިވަނިކޮށް، އެ ބިލަށް ވޯޓު ދިނުން ފަސްކޮށްފައިވާ ކަމަށެވެ. އެހެންވެ ރާއްޖެއަށް ފޯޅަވަހި ލިބުމުގެ ފުރުޞަތު އަދިވެސް ބަންދު ނުވާކަމަށް ނަޝީދު ވިދާޅުވިއެވެ.
ދާދިފަހުން އިނގިރޭސިވިލާތުގެ ނޫހަކަށް ދެއްވި އިންޓަވިއެއްގައިވެސް ނަޝީދު ވިދާޅުވީ، ޗާގޯސް ލިބުން އެންމެ ހައްގީ ދިވެހިރާއްޖެއަށް ކަމަށެވެ. ނަޝީދު ވިދާޅުވީ، ރާއްޖެ އާއި ޗާގޯސްގެ ރަށްތަކާ ދެމެދު ތާރީޚީ ގުޅުމެއް އެބައޮތް ކަމަށެވެ. ފޯޅަވައްސަކީ ރާއްޖޭގެ ދެކުނުގައި އޮންނަ ތަނެއް ކަމަށާއި، މި ކަމާ ބެހޭ ލިޔެކިޔުންތަކެއް ފެންނަން ހުރުމުން ދިވެހިރާއްޖޭން ގަބޫލު ކުރަނީ ޗާގޯސް އެންމެ ހައްގީ ރާއްޖެއަށް ކަމަށެވެ.




