ފޮނަދޫ ދަނޑު ބިމުގައި އަލިފާން ރޯވެފައި. ފޮޓޯ: އެމްއެންޑީއެފް

ފޮނަދޫ ދަނޑު ބިމެއްގައި ރޯވެއްޖެ 

ފޮނަދޫ ދަނޑު ބިމެއްގައި ރޯވެއްޖެ 

ލ. ފޮނަދޫގައި އޮންނަ ދަނޑު ބިމެއްގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކައްދޫ ފަޔަރ ސްޓޭޝަނުން ބުނީ، މި ހާދިސާގެ ރިޕޯޓް ލިބުނީ އިއްޔެ 14:37 ހާއިރު ކަމަށެވެ.

ރިޕޯޓު ލިބުމާއެކު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކައްދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައެވެ. މިގޮތުން، ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ އަލިފާން ރޯވިތާ ބައިގަޑިއެއްހާއިރު ފަހުންނެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައިނުވެއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *