ވަގަށް ނަގާފައިވާ ވަޅޯ މަސްތަކަކާއި ބަށިތަކެއްގެ ވެރި ފަރާތް ހޯދަނީ

ވަގަށް ނަގާފައިވާ ވަޅޯ މަސްތަކަކާއި ބަށިތަކެއްގެ ވެރި ފަރާތް ހޯދަނީ

އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ތަކެތިތަކަކާއެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ 2026 ޖެނުއަރީ 19 ވީ ހޯމަ ދުވަހުއެވެ. ގަން ޕޮލިސްގައި މަސައްކަތްކުރާ ފުލުހުން ސ. ފޭދޫން މީހަކު ހުއްޓުވައި ބަލައި ފާސްކުރިއިރު، އެމީހާގެ އަތުން ގިނަ އަދަދެއްގެ ވަޅޯމަހާއި ބަށިތަކެއް ފެނިފައިވެއެވެ.

ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި މި ތަކެއްޗަކީ ވަގަށް ނަގާފައިވާ ތަކެއްޗެވެ.

މި ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ. އެހެންކަމުން، މި ތަކެތީގެ ވެރިފަރާތުން ނުވަތަ މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ، ގަން ޕޮލިސްގެ ނަމްބަރު 125 އަށް ގުޅުއްވައި، އެ ތަކެއްޗާ ހަވާލުވުމަށް ފުލުހުން ވަނީ އެދިފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *