މަސައްކަތުގައި ހުއްޓާ ފިޓު ޖެހިގެން އެމްޕީއެލްގެ މުވައްޒަފަކު މަރުވި މައްސަލަ ފުލުހުން ތަހުގީގު ކުރަނީ

މަސައްކަތުގައި ހުއްޓާ ފިޓު ޖެހިގެން އެމްޕީއެލްގެ މުވައްޒަފަކު މަރުވި މައްސަލަ ފުލުހުން ތަހުގީގު ކުރަނީ

މާލެ ވިޔަފާރި ބަނދަރުގެ ސަރަހައްދުގައި ހުއްޓާ ފިޓުޖެހިގެން އެމްޕީއެލްގެ މުވައްޒަފަކު މަރުވި މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

އެމްޕީއެލުން މިއަދު ބުނީ މަރުވެފައިވަނީ މިއަދު ހެނދުނު ޑިއުޓީގައި މަސައްކަތްކުރަމުންދިޔަ އެ ކުންފުނީގެ މުވައްޒަފެއް ކަމަށްވާ އަމީން ޢަބްދުލްޚަމީދު ކަމަށެވެ. އޭނާ ޑިއުޓީގައި ހުއްޓާ ފިޓު ޖެހި، އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެންދިޔަ ކަމަށާއި ނިޔާވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ކަމަށްވެސް އެ ކުންފުނިން ވިދާޅުވިއެވެ.

ނަމަވެސް ފުލުހުން ބުނީ އަމީން، އައިޖީއެމްއެޗަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ. އެހެންވެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެމްޕީއެލް ފަޅު ތެރޭގައި އޮތް ދެ ޓަގު ބޯޓެއްގެ ދޭތެރެއަށް އެމްޕީއެލްގެ މުވައްޒަފަކު ވެއްޓި އަނިޔާވެފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ ހެނދުނު 10:46 އެހާކަންހާއިރު ކަމަށެވެ.

 

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *