ޑރ. އަލީ ލަތީފާއި ޑރ. އިކްލީލް ޓެކްސްއަށް މަކަރު ހަދައިގެން ދައުވާ ކުރަނީ

ޑރ. އަލީ ލަތީފާއި ޑރ. އިކްލީލް ޓެކްސްއަށް މަކަރު ހަދައިގެން ދައުވާ ކުރަނީ

ރާއްޖޭގެ ދެ ޑޮކްޓަރެއް ކަމަށްވާ ޑރ. އަލީ އަބްދުﷲ ލަތީފާއި ޑރ. އިކްލީލް ޝަރީފް ޓެކްސްއަށް މަކަރު ހަދައިގެން ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވައިފިއެވެ.

މި ދެ ޑޮކްޓަރުންގެ މައްސަލަ ދައުވާ ކުރަން ފޮނުވީ، ޕައިނިއާ މޯލްޑިވްސް އާއި އައިލެންޑް ހެލްތު ސޮލިއުޝަންސް ޓެކްސްއަށް މަކަރު ހަދައިގެންނެވެ.

މީރާއިން ނެރުނު ބަޔާނެއްގައި ބުނީ، ދައުވާ ކުރަން ފޮނުވި ޑރ. އިކްލީލަކީ ދެ ކުންފުނީގައިވެސް ހިމެނޭ ޑިރެކްޓަރަކަށް ވާއިރު، ޑރ. އަލީ ލަތީފަކީ އައިލެންޑް ހެލްތު ސޮލިއުޝަންގެ ޑިރެކްޓަރެއް ކަމަށެވެ. އަދި މި މައްސަލައިގައި މި ދެ ކުންފުނީގެ އިތުރުން، މައްސަލައިގައި އިސްކޮށް އުޅެފައިވާ ކަމަށް ފާހަގަ ކުރެވިފައިވާ، ދެ ކުންފުނީގެ ޑިރެކްޓަރެއްގެ ގޮތުގައި ހިމެނޭ ޑރ. އިކްލީލް ޝަރީފް، އަދި އައިލެންޑް ހެލްތު ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރެއް ކަމުގައިވާ ޑރ. ޢަލީ އަބްދުﷲ ލަތީފުގެ މައްޗަށް ދައުވާ ކޮށްދިނުމަށް މީރާއިން އެދިފައިވާ ކަމަށްވެސް ބަޔާނުގައިވެއެވެ.

އަދި، އެނގިހުރެ ސައްހަ ނޫން މައުލޫމާތު ހިމެނޭ މާލީ ހިސާބު އަދި ޓެކްސް ބަޔާން ތައްޔާރު ކޮށްދީފައިވާ ކަމުގެ ތުހުމަތުގައި މައްސަލަ ދިމާވި މުއްދަތުގައި އެ ދެ ކުންފުނީގެ މާލީހިސާބާއި ޓެކްސް ބަޔާން ތައްޔާރު ކޮށްދިން އަލީ ފަޔާޒްގެ މައްޗަށްވެސް ދައުވާކޮށްދޭން މީރާއިން އެދިފައިވެއެވެ.

މީރާގެ ބަޔާނުގައި ބުނެފައި ވަނީ، މި ތަހުގީގު ފެށީ ކޮވިޑް-19 ގައި ޕީސީއާރު ޓެސްޓިންގެ ޑިމާންޑް އެންމެ ބޮޑުވި ދުވަސްވަރު އެ ހިދުމަތް ފޯރުކޮށްދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވާ ދެ ކުންފުނިން މީރާއަށް ހުށަހެޅި އިންކަމް ޓެކްސް ބަޔާން ތަކުގައި ޓެކްސް ނެގޭ އާމްދަނީ ބޮޑުތަނުން ދަށްކޮށް ރިޕޯޓު ކޮށްފައިވާކަން ފާހަގަ ކުރެވުމާއި ގުޅިގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *