ޑެންގީއާ ނޭވާލާ ނިޒާމުގެ ބަލިތައް އިތުރު، ސަމާލުވާން އެދިއްޖެ

ޑެންގީއާ ނޭވާލާ ނިޒާމުގެ ބަލިތައް އިތުރު، ސަމާލުވާން އެދިއްޖެ

މި ދުވަސްވަރު ޑެންގީ އާއި ނޭވާލާ ނިޒާމުގެ ބަލިތައް އަދި ހޮޑުލުމާއި ބޭރަށް ހިނގުން ފަދަ ބަލިތައް އިތުރުވާތީ ސަމާލުވާން ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސް ކޮަށްފި އެވެ.

އެޗްޕީއޭ އިން ބުނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ޑެންގީ އާއި ނޭވާލާ ނިޒާމުގެ ބަލިތައް ޖެހިގެން ރިޕޯޓްކުރާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އަދި މާލެ ސަރަހައްދުގައި ހޮޑުލުމާއި ބޭރަށް ހިނގުން އިތުރުވަމުންދާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ ކަމަށް ވެސް ބުންޏެވެ.

އެހެން ކަމުން ރައްކާތެރިވުމަށާއި ބަލިތައް ފެތުރުނަ ނުދިނުމަށް ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކޮށްފައިވެ އެވެ.

* އަރިދަފުސް ރޯގާއިން ރައްކާތެރިވުމަށް އެފަދަ އަލާމާތެއް ހުރިނަމަ މީހުން އުޅޭ ތަންތަނަަށް ނިކުމެ އުޅޭއިރު ނޭފަތާއި އަނގަ ރަނގަޅަށް ނިވާކުރުން

* ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުން

* ބަލި މީހުން ކުޑަކުދީންގެ ގާތަށް ނުދިއުން

ޑެންގީ އަކީ މަދިރީގެ ޒަރިއްޔާއިން ޖެހޭ ބައްޔެއް ކަމުން މަދިރި އާލާވާ ގޮތަށް ހުންނަ ތަންތަން ނައްތާލުމާއި މަދިރި ނުހަފާނެހެން މަދިރި ލޯޝަން ލުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ.

* ބޭރަށް ހިންގުމާއި ހޮޑުލުމުން ރައްކާތެރިވުމަށް ކާބޯތަކެތި ތައްޔާރުކުރުމާއި ކާނާ ހެދުމާއި ކާން ދިނުމުގެ ކުރީން އަދި ފާހާނާ ކުރުމަށް ފަހު ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން

* ކާބޯތަކެތީގައި މަތިޖަހާފައި ބެހެއްޓުމާއި ކެއުމަށް ފަހު ގިނައިރު ބަހައްޓާނަމަ ފްރީޒްގައި ބެހެއްޓުން

* ބޭރަށް ހިންގާ ހޮޑުލެވޭނަމަ އޯއާރުއެސް ނުވަތަ ދިޔާ ބޭސް ބޭނުން ކުރުން

ބޮޑުވަރުވުމުގެ ކުރީން ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުން

* ގަދަޔަށް ބަނޑުގައި ރިއްސާނަމަ ނޫނީ އާދަޔާ ހިލާފަށް ވަރުދެރަވާނަމަ ނުވަތަ ކުޑަކަމުދިއުން މަދުނަމަ ނޫނީ ތުއްތުކުދީންނަށް ކިރުބޮވޭރު މަދުނަމަ އަދި ހަށިގަނޑުގެ އެއްވެސްތާކުން ލޭ އަންނަ ނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުން

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *