މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި މޭޔަރު ކަމަށް ނުކުންނަން ޒަރިޔަންދު ނިންމައިފި

މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި މޭޔަރު ކަމަށް ނުކުންނަން ޒަރިޔަންދު ނިންމައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރަކަށް ނުކުންނަ ވަނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކަން އިސްމާއިލް ޒަރިޔަންދު ކަށަވަރު ކޮށްދީފިއެވެ.

މިރޭ ޒަރިޔަންދު އޭނާގެ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި މާލޭގެ މޭޔަރު ކަމަށް ކުރިމަތިލުމަށް "އިލެކްޝަން ކޮމިޝަނަށް" ފޯމުވެސް ހުށަހަޅާފައިވާ ކަމަށެވެ.

އެހެންވެ އޭނާ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކެންޑިޑެސީ އެޕްލިކޭޝަން އަށް، ތާއީދު ކުރުމުގައި ބައިވެރިވާން ބޭނުންވާ ބޭފުޅުންގެ، އައިޑީ ކާރޑް ނަމްބަރާއި ފޯނު ނަމްބަރު މެސެޖު ކޮށްދިނުމަށް ވެސް އެދިފައިވެއެވެ.

މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި މޭޔަރު ކަމަށް ނުކުންނަން ނިންމައި އެކަން މިރޭ ޒަރިޔަންދު އިއުލާނު ކުރިއިރު، މީގެކުރިން އޭނާގެ ނަމަށް ކުރީގެ ރައީސް ޔާމީން ވަނީ ތާއީދުވެސް ކުރައްވާފައެވެ. އެހެން ބެލެވިފައި އޮތީ މޭޔަރު ކަމަށް ޒަރިޔަންދު ނުކުންނާނީ ޔާމީންގެ ޕީއެންއެފްގެ ޓިކެޓު ގައި ކަމަށެވެ.

ނަމަވެސް ޒަރިޔަންދު މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި މޭޔަރު ކަމަށް ނުކުންނަން ނިންމުމާއި ގުޅިގެން ޒަރިޔަންދު ވެސް އަދި ޕީއެންއެފުންވެސް އެކަމާ މީހުން އުފައްދާ ސުވާލަށް އަދި ވަކި އެއްޗެކޭ ނުބުނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *