2028ގައި އެމްޑީޕީއަށް ވެރިކަން ހޯދައިދޭން ކުރެވުނު ހުރިހާ މަސައްކަތެއް ކުރާނަން: އާޒިމް

2028ގައި އެމްޑީޕީއަށް ވެރިކަން ހޯދައިދޭން ކުރެވުނު ހުރިހާ މަސައްކަތެއް ކުރާނަން: އާޒިމް

2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކޮށްދީ، އަނބުރައި އެމްޑީޕީއަށް ވެރިކަން ހޯދައިދޭން ކުރެވުނު ހުރިހާ މަސައްކަތެއް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން، މާލޭގެ މޭޔަރު ކަމުގެ އެމްޑީީޕީ ޓިކެޓް ކާމިޔާބު ކުރެއްވި މިހާރުގެވެސް މޭޔަރު އާދަމް އާޒިމް ދެއްވައިފިއެވެ.

މޭޔަރު ކަމުގެ ޓިކެޓް ކަށަވަރު ކުރެއްވުމަށްފަހު އާޒިމް ވިދާޅުވީ، މިހާރުގެ އަމާޒަކީ ކައުންސިލް އިންތިޚާބު އެމްޑީީއަށް ކާމިޔާބު ކުރުން ކަމަށާއި، އެއާއެކު އެ ދާގޮތަށް ގޮސް އެންމެން ގުޅިގެން 2028 ގައި އެމްޑީީޕީ އަލުން ވެރިކަމަށް ގެނައުން ކަމަށެވެ.

"ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށްފަހު، ހަމަ އެއާއެކު އެ ދާގޮތަށް އެމްޑީޕީއަށް 2028 ގެ ވެރިކަން ހޯދައިދޭނީ، އަޅުގަނޑުމެން އެންމެން މަސައްކަތްކޮށްގެން." އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، ރާއްޖެއަށް ބޮޑެތި ބަދަލުތަކެއް ގެނައި ޕާޓީއަކީ އެމްޑީީޕީ ކަމަށާއި، އެހެންކަމުން އަލުން އަނބުރައި އެމްޑީޕީ ވެރިކަމަށް ގެންނަން އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހިފައިވާ ކަމަށެވެ. އަދި އެމްޑީޕީ އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއްގައި އެމްޑީޕީގެ މެމްބަރުންނާއެކު އަބަދުވެސް ހުންނަވާނެ ކަމުގެ ޔަގީންކަން އާޒިމް ދެއްވިއެވެ. އޭނާ ވިދާޅުވީ ތާއަބަދު އެމްޑީޕީގައި ހުންނަވާނެ ކަމަށެވެ.

އާޒިމް ވަނީ އޭނާއަށް އެމްޑީޕީގެ މޭޔަރު ކަމުގެ ޓިކެޓް ދިނީތީ އެމްޑީޕީގެ މެމްބަރުންނަށް ޝުކުރު އަދާކުރައްވާފައެވެ. ވިދާޅުވީ، އޭނާ އެމްޑީޕީއަށް ވަތް ދުވަހުން ފެށިގެން، އެމްޑީޕީގެ މެންބަރުން ދެމުންދާ ލޯތްބާއި އިހުތިރާމާއި ގަދަރަކީ ދުވަހަކުވެސް ހިތުން ފޮހެވިގެންދާނެ ކަމެއް ނޫން ކަމަށެވެ.

އާޒިމް ވަނީ ޕްރައިމަރީއަށް ފަހު، އޭނާ މޭޔަރު ކަމަށް ހޮވައިދޭން މަސައްކަތް ކޮށްދެއްވުމަށް، ޕްރައިމަރީގެ ވާދަވެރިޔާ އަލީ އާޒިމް އަރިހުގައިވެސް އެދިފައެވެ.

"އަޅުގަނޑު އެދެނީ އެބޭފުޅުން އަޅުގަނޑާއެކު މަސައްކަތް ފަށައި ދެއްވައި، އަޅުގަނޑުމެން އެންމެން އެއްކޮށް މި ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދީ، މާލެ ސީޓީ މޭޔަރު ކަމާއި މާލެ ސިޓީ ކައުންސިލްއާ އަދި މުޅި ރާއްޖޭގެ ކައުންސިލްތައް އެއްކޮށް ނަގައިދިނުމަށް އެއްކޮށް މަސައްކަތް ކުރަން ފަށަން." އާޒިމް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *