ކައުންސިލް އިންތިޚާބަށް ކޮމްޕްލެއިންޓްސް ބިއުރޯ އުފައްދައިފި

ކައުންސިލް އިންތިޚާބަށް ކޮމްޕްލެއިންޓްސް ބިއުރޯ އުފައްދައިފި

އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ރާއްޖޭގައި އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބާގުޅޭ ޝަކުވާ ހުށަހެޅުމަށް ކޮމްޕްލެއިންޓްސް ބިއުރޯ އުފައްދައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، ބިއުރޯއަށް އިންތިހާބާގުޅޭ ޝަކުވާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ކޮމްޕްލެއިންޓްސް ބިއުރޯގެ އީމެއިލް [email protected] އާއި ކޮމިޝަނުގެ ކައުންޓަރުތައް މެދުވެރިކޮށް ކަމަށެވެ.

ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނީ ކޮމިޝަނުގެ ވެބްސައިޓާއި އިންތިހާބާބެހޭ މަރުކަޒު އަދި ކޮމިޝަން އިދާރާގެ ކައުންޓަރުންނެވެ. އަދި ސިޓީ / އަތޮޅު / ރަށު / އަވަށު ކައުންސިލްތަކުގެ ފޯކަލް ޕޮއިންޓުންނާއި ރާއްޖާން ބޭރުގައި ހަމަޖައްސާފައިވާ ފޯކަލް ޕޮއިންޓު މެދުވެރިކޮށް ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނެ ކަމަށްވެސް ކޮމިޝަނުން ބުނެފައިވެއެވެ.

ކޮމްޕްލެއިންޓްސް ބިއުރޯގެ ކައުންޓަރު ހުޅުވާފައ ހުންނާނީ، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 3:00 އިން ހަވީރު 6:00 އަށެވެ. އަދި ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވާ އެޕްރީލް މަހުގެ ހަތަރެއްވާ ހޮނިހިރު ދުވަހު، ވޯޓު ނަގަން ފެށުނީއްސުރެ ވޯޓު ފޮށިތަކުގެ ވަގުތީ ނަތީޖާ އިއުލާންކުރުމާ ހަމައަށް ޝަކުވާ ބަލައިގަންނާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *