ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް، ވެރިރަށް ރިޔާޟްގެ ހޮސްޕިޓަލެއްގައި އިއްޔެ ޞިއްޙީ ޓެސްޓުތަކެއް ކުރައްވައިފި ކަމަށް އެޤައުމުގެ ރޯޔަލް ކޯޓުން ހާމަކޮށްފިއެވެ.
ސައުދީ ޕްރެސް އެޖެންސީ މެދުވެރިކޮށް ރޯޔަލް ކޯޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޚާދިމުލް ޙަރަމައިނިއްޝަރީފައިނި ރިޔާޟްގެ ކިންގް ފައިސަލް ސްޕެޝަލިސްޓް ހޮސްޕިޓަލުގައި ޞިއްޙީ ޓެސްޓުތަކެއް ހައްދަވަމުން ގެންދަވާ ކަމަށެވެ. މިއީ ރަސްގެފާނުގެ ޞިއްޙީ ހާލުކޮޅު ބެއްލެވުމަށްޓަކައި ދޭތެރެދޭތެރެއިން ކުރިއަށްގެންދާ އާންމު ޞިއްޙީ ޗެކަޕްތަކުގެ ތެރެއިން ކުރިއަށްދިޔަ ޓެސްޓުތަކެއް ކަމަށް އެޤައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
ޓެސްޓުތައް ފުރިހަމަކުރެއްވުމަށްފަހު ސަލްމާން ރަސްގެފާނު މިހާރު ހޮސްޕިޓަލުން ވަޑައިގެންފައިވާ ކަމަށް، ރޯޔަލް ކޯޓުން ވަނީ ހާމަކުރައްވައިފައެވެ.




