ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ.
އެ އާއެކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކުރިމަތި ލުމުގެ ފުރުސަތުވެސް މިއަދު ވަނީ ހުޅުވާލައިފައެވެ.
އެ އިންތިހާބުތަކަށް ކުރިމަތިލާ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ ފުރުސަތު، މިއަދުން ފެށިގެން އަންނަ ފެބްރުއަރީކަމުގެ އެއްވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަމުން މިއަދު ވަނީ ބުނެފައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މިފަހަރުގެ އިންތިހާބަށް ފޯމު ހުށަހަޅަންޖެހޭނީ އެކަމަށް ޓަކައި ހާއްސަކޮށްފައިވާ ޕޯޓަލްއެއް މެދުވެރިކޮށް، އެމީހަކު އަމިއްލައަށް ކަމަށެވެ.
އެގޮތަށްވެސް ފޯމު ހުށަހެޅޭނީ، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 އިން 15:30 އަށް ކަމަށާއި، ހުކުރު ދުވަހު ފޯމު ބަލައިގަންނާނީ 15:30 އިން 18:00 އަށް ކަމަށްވެސް ބުނެފައިވއެވެ.
މި އިންތިހާބުގައި ކައުންސިލްތަކުގެ ޖުމްލަ 225 ދާއިރާއަކަށް މެންބަރުން އިންތިގާބު ކުރާނެއެވެ. އެއީ ލޯކަލް ކައުންސިލްތަކަށް 678 މެންބަރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށްވެސް 678 މެންބަރުންނެވެ.
އެހެންކަމުން މިފަހަރުގެ އިންތިހާބުގައި ޖުމްލަ 1356 މެންބަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.




