ރާއްޖެ އައި އިންޑިއާ ކޯސްޓްގާާޑުގެ އުޅަނދެއް ފަރަށް އަރައިފި

ރާއްޖެ އައި އިންޑިއާ ކޯސްޓްގާާޑުގެ އުޅަނދެއް ފަރަށް އަރައިފި

ތަމްރީނު ހަދަން ރާއްޖެ އައި އިންޑިއާގެ ކޯސްޓްގާޑުގެ އުޅަނދެއް ފަރަށް އަރައިފިއެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ތަމްރީނު ހެދުމަށް ރާއްޖެ އައިސްފައިވަނީ އިންޑިއާ ކޯސްޓްގާޑު، އައިސީޖީ ދޯނިއާ، އައިސީޖީއެސް އަތުލްޔާއާއި އައިސީޖީއެސް ވަޖްރާގެ އިތުރުން ލަންކާ ކަނޑުގެ ސިފައިންގެ އެސްއެލްއެންއެސް ސުރަނިމިލާއެވެ.

މީގެ ތެރެއިން ފަރަށް އަރާފައިވަނީ އިންޑިއާ ކޯސްޓްގާޑު އައިސީޖީއެސް ވަޖްރާއެވެ. އެނގިފައިވާ ގޮތުގައި އެ ބޯޓު އަރާފައިވަނީ ވިލާ ނޯޓިކާގެ ފަރަށެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެކްސަސައިޒް ދޯސްތީ ގައި ބައިވެރިވުމަށް މިއަދު ރާއްޖެ އައި އިންޑިއާގެ މަނަވަރު އައިސީޖީއެސް ވަޖްރާ މިހާރުވަނީ ފުންކުރެވިފައިވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *