އަންނަ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން މިރޭގެ ވަގުތެއްގައި ޔަގީންވާނެއެވެ. މިއަދު މިއޮތީ އެކަން ކަށަވަރުކުރާ ވޯޓުލުމެވެ. އެހެންވީމާ ވާހަކަ ކުރުކޮށްފައި، އަވަހަށް ފާހަގަ ޖަހަމާ ހެއްޔެވެ.
ފާހަގަ ޖަހަންވީ ކޮން ނަމެއްގައި ހެއްޔެވެ. ހެންވޭރު ހުޅަނގު ދާއިރާގެ ޕްރައިމަރީގައި ފާހަގަ ޖަހަންވީ ނަން ވަރަށް ސާފެވެ. އެއީ ހެންވޭރު ހުޅަނގުގެ އަޑު އިއްވައިދިނުމުގައި ވަރުބަލިކަމެއް ނެތި ކުރިންވެސް މިހާރުވެސް އަދި ފަހުންވެސް ހުންނާނެ އެއްކަލަ ފާތިމަތު ޝަހުލާ ރިޒާ ނުވަތަ ޝަހޫ ރިޒާއެވެ. އެމްޑީޕީގެ ޓިކެޓް މި ދާއިރާއިން ދޭންވީ އެހެން މީހަކަށް ނޫނެވެ. ޝަހޫއަށެވެ. ޝަހޫއަށް އެކަންވާނެއެވެ.
ހެންވޭރު ހުޅަނގު ދާއިރާއަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ޝަހޫ ރިޒާއަކީ ފާހަގަކޮށްލެވޭ ފަދަ ވަރުގަދަ ޝަޚުޞިއްޔަތެކެވެ. އޭނާއަކީ ސިޔާސީ މައިދާނުގައި ނުގުޑާ އަޒުމަކާއެކު، ދެގޮތެއްނުވެ ޕާޓީގައި ސާބިތުވެ ހުންނެވި، އިޚުލާޞްތެރި ނަމޫނާ ކަނބަލެކެވެ.
ޝަހޫ ރިޒާ ސިފަވެގެންދަނީ ކޮންމެފަދަ ގޮންޖެހުމަކާ ކުރިމަތިލާން ޖެހުނު ކަމުގައިވިޔަސް، ފަސްޖެހުމެއްނެތި ކެރިގެން ކުރިމަތިލައްވާ ހިތްވަރުގަދަ ބޭފުޅެއްގެ ގޮތުގައެވެ. ޕާޓީގެ އެންމެ ދަތި އުނދަގޫ ވަގުތުތަކުގައިވެސް އޭނާ ދައްކުވައިދީފައިވަނީ ސާބިތުކަމާއި ވަފާތެރިކަމެވެ. މިއީ މިއަދު ދާއިރާގެ ރައްޔިތުން ބޭނުންވާ ފަދަ އިތުބާރު ހުރި ސިފައެކެވެ.
އޭނާއަކީ އަބަދުވެސް ރައްޔިތުންގެ ތެރޭގައި، ރައްޔިތުންނާ ނުހަނު ގާތުން މަސައްކަތްކުރައްވާ ހީވާގީ ކަނބަލެކެވެ. އާންމު ރައްޔިތުންގެ ހާލަތު ގާތުން ބައްލަވައި، މީހުންނާ ގުޅޭ، މަޑުމައިތިރި އަދި އެހާމެ ހިންގުންތެރި މިޒާޖެއްގެ ވެރިއެކެވެ. ޝަހޫގެ އެންމެ ބޮޑު އުންމީދަކީ ދާއިރާގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމެވެ.
ޝަހޫ ރިޒާގެ މުޅި ކެމްޕޭނުގެ ޝިއާރަކީ "އިވޭނެ. އިއްވާނަން" މިއެވެ. މިއީ ހަމައެކަނި ބަސްތަކެއް ނޫނެވެ. މިއީ ރައްޔިތުންގެ އަޑު ކަނުލައި އަޑުއަހާނެ ކަމުގެ ޔަގީންކަމާއި، އެ އަޑުތައް ކައުންސިލްގެ މޭޒުދޮށުގައި ނުހަނު ބާރަށް އިއްވައިދޭނެ ކަމުގެ ސާބިތު ވަޢުދެކެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ ކުރިމަގަށްޓަކައި، ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރާނެ ހިތްވަރުގަދަ މަންދޫބަކު ހޮވުމަކީ މިއަދު އަޅުގަނޑުމެންގެ އިޚުތިޔާރުގައި އޮތް ކަމެކެވެ. އެހެންކަމުން، ހުރިހާ ބޭފުޅުން އެކުގައި ނުކުމެ، އިތުބާރާއެކު ޝަހޫ ރިޒާ ހޮވަމާ ހިނގާށެވެ! އޭނާއަކީ މި ދާއިރާއަށް ގެންނަން ބޭނުންވާ ހެޔޮ ބަދަލުގެ އަސްލެވެ.
ވާހަކަ ކުރުކޮށްލަމާ ހެއްޔެވެ. ވޯޓުލުން ފަށާ ގަޑިއަކީ މިއަދު ހުކުރުން ފައިބައިގެން މެންދުރު ދެގަޑި ބައެވެ. ލަސްނުކުރައްވާށެވެ. ގޮސް ޝަހޫގެ ނަމަށް ވޯޓު އަޅާށެވެ. ހޮވަންވީ އިތުރު މީހެއްނޫނެވެ. ޝަހޫއެވެ.




