ޗުއްޓީ ތެރޭގައި ޑެންގީ އިތުރުވަނީ، ހުސްވި މަހުވެސް 413 ކޭސް

ޗުއްޓީ ތެރޭގައި ޑެންގީ އިތުރުވަނީ، ހުސްވި މަހުވެސް 413 ކޭސް

ސްކޫލް ބަންދު ތެރޭގައި ޑެންގީ ހުން ޖެހޭ މީހުންގެ އަދަދު އިތުރު ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި ހުސްވި އަހަރުގެ ނޮވެމްބަރު މަހު ޑެންގީ ހުމުގެ ފެނިފައި ވަނީ 382 ކޭސްއެވެ. ނަމަވެސް ހުސްވި ޑިސެމްބަރު މަހުގައި ވަނީ 413 ކޭސް ފެނިފައެވެ. ޗުއްޓީ ތެރޭގައި ޑެންގީ ހުމާއި އަރިދަފުސް ރޯގާގެ އިތުރުން ކޮވިޑްއިން ރައްކާތެރިވުމަށް ޚާއްސަ ސަމާލު ކަމެއް ދިނުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި ޑެންގީގެ ކޭސްތައް ޗުއްޓީ ތެރޭގައި އިތުރުވި ނަމަވެސް، އަރިދަފުސް ރޯގާގެ ކޭސްތައް ނޮވެމްބަރަށްވުރެ ޑިސެމްބަރުގައި ވަނީ މަދުވެފައެވެ. އަދި ބޭރަށް ހިންގުމުގެ ކޭސްތައްވެސް ވަނީ މަދުވެފައެވެ.

ޗުއްޓީގައި ގިނަ އަދަދެއްގެ ބަޔަކު ދަތުރުފަތުރު ކުރުން އިތުރުވެފައިވާއިރު، މާލެ ސިޓީގެ ހޮސްޕިޓަލްތަކާއި ކްލިނިކް ތަކަށްދާ ބަލި މީހުންގެ އަދަދު ވަނީ ވަރަށް ބޮޑުތަން އިތުރުވެފައެވެ. އޭގެ ސަބަބުން ހޮސްޕިޓަލްތަކާއި ކްލިނިކްތަކުގައި ބަލި މީހުންގެ ކިއު ދިގުވެ، ވަރަށްގިނަ ވަގުތު ބަލިމީހުން އެތަންތަނުގައި މަޑުކުރަން ޖެހެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *