ސްޓެލްކޯގެ އެމްޑީގެ މަގާމުން ޝަމާހް ވަކިކޮށްފި

ސްޓެލްކޯގެ އެމްޑީގެ މަގާމުން ޝަމާހް ވަކިކޮށްފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަޤާމުން ޝަމާހް ރަޝީދު ވަކިކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަންއިން މިއަދު ބުނީ ސްޓެލްކޯގެ އެމްޑީގެ މަގާމުންނާއި ޑިރެކްޓަރުންގެ ބޯޑް މެމްބަރުކަމުގެ މަގާމުން އަހްމަދު ޝަމާހް ރަޝީދު މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާ ވަކިކުރި ސަބު ހާމަ ކުރައްވާފައިނުވެއެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ޝަމާހު އައްޔަނު ކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހުއެވެ. އެހެންކަމުން އޭނާ އެ މަގާމު އަދާކޮށްފައިވަނީ 4 މަސް ދުވަހެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމަށް ޝަމާހު އައްޔަނުކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމުން، ހުސައިން ފަހުމީ ވަކިކުރުމަށްފަހުގައެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމަށް އައްޔަން ކުރުމުގެ ކުރިން ޝަމާހް ވަނީ މިފްކޯގެ ސީއީއޯގެ މަގާމުވެސް އަދާކޮށްފައެވެ. 2024 ވަނަ އަހަރުގެ މޭމަހުގެ ތެރޭގައި އޭނާ އެ މަގާމުން ވަކިކުރިއިރު އޭނާ ވަނީ އޭގެ ކުރިން މަގާމުގެ މަސްއޫލިއްޔަތު ތަކުން އެކަހެރި ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *