ރާއްޖެއިން މިއަހަރުގެ ބޮޑު ޗުއްޓީއާ ދިމާކޮށް އުމްރާގެ އަޅުކަމަށް ދިޔަ އިތުރު ދެ ދިވެއްސަކު ނިޔާ ވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ނިޔާވީ ސަފާ ގްރޫޕާއި ހިޖާޒް ގްރޫޕުން އުމްރާއަށް ދިޔަ ދެ ފިރިހެނުންނެވެ. ނަމަވެސް އެ ދެމީހުންގެ އިތުރު ތަފްސީލެއް މިނިސްޓްރީން ހާމައެއް ނުކުރެއެވެ. މިނިސްޓްރީން ބުނީ، ނިޔާވި ދެ އުމްރާވެރިންގެ ޖަނާޒާގެ ކަންކަންވެސް ފުރިހަމަ ކުރެވިފައިވާ ކަމަށެވެ.
މި އަހަރު އުމްރާގެ އަޅުކަމަށް ދިޔަ ދިވެއްސަކު މީގެކުރިންވެސް ވަނީ ނިޔާވެފައެވެ. އޭނާ ނިޔާވީ އުމްރާގެ އަޅުކަމަށް ގޮސް ހަރަމްފުޅުގައި ހުއްޓައެވެ.
ރާއްޖެއިން މިއަހަރުގެ ސްކޫލް ބަންދާއި ދިމާކޮށް 7000 މީހުން އުމްރާއަށް ގޮސްފައިވެއެވެ.




