ސިއްހީ ހިދުމަތްތަކަށާއި ބޭސްފަރުވާއަށް ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި 35 ބިލިއަނަށް ވުރެ ގިނަ ފައިސާ ހަރަދު ކުރެވިފައިވާ ކަމަށް އާސަންދައިގެ ޕާފޯމަންސް އޮޑިޓުން ދައްކައިފިއެވެ.
އެގޮތުންޕާފޯމަންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ސިއްހީ ހިދުމަތް ދިނުމަށާއި ބޭސްފަރުވާގެ ކަންކަމަށްދައުލަތުން ކޮށްފައިވާ ހަރަދާއި އާސަންދަ ސްކީމުންނާއި އަދި ސްކީމުގެ ބޭރުން ކޮށްފައިވާހަރަދު 2019 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް 35.8 ބިލިއަން ރުފިޔާ އަރާކަމަށް ރިޕޯޓުން ދައްކާފައިވެއެވެ. އެއީ އެވްރެޖުކޮށް، އަހަރަކަށް ބަލާއިރު 5.9 ބިލިއަން ރުފިޔާއެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ހޮސްޕިޓަލްތަކަށް ކުރާ ހޭދަ ފިޔަވައި ދައުލަތުގެ ބަޖެޓުން ދެން އެންމެ ބޮޑު ހޭދައެއް ކުރަމުން އަންނަނީ އާސަންދަ ސްކީމަށް ކަމަށާއި އެހެން ކަމުން އެ މުއްދަތުގެ ތެރޭގައި 16 ބިލިއަން ރުފިޔާ އާސަންދަ ސްކީމަށް ހަރަދު ކުރެވިފައިވާ ކަމަށެވެ.
އާސަންދައިގެ ހިދުމަތް ހޯދާފައިވާމީހުންގެ އަދަދު އިތުރުވި ރޭޓަށް ބަލާއިރުސްކީމަށް ހަރަދު ކުރެވިފައިވާ މިންވަރުއިތުރުވެފައިވާ ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ބުނެފައިވެއެވެ. އޭގެ ތެރެއިން، ސްކީމުގެ ދަށުން 2019-2024 ގެ ނިޔަލަށް ހިދުމަތް ހޯދި އަދަދު ހަތް ޕަސެންޓު އިތުރުވެފައިވާއިރު ސްކީމްގެ ހަރަދުތައް 32 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ.
ޕާފޯމަންސް އޮޑިޓް ރިޕޯޓުުން ފާހަގަވި ބައެއް ކަންކަންތައް ތަކުގެ ތެރޭގައިއާސަންދަ ސްކީމުން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީޑޮކްޓަރީ ބޭހަށް ކަމަށާއިއެގޮތުންއަހަރަކަށް އެވްރެޖުކޮށް 924.8 މިލިއަން ރުފިޔާ ހަރަދުކުރެވޭއިރު އަހަރަކު ހަތް ޕަސެންޓު އިތުރުވަމުން އަންނަ ކަމަށެވެ.
- އަމިއްލަ ހޮސްޕިޓަލްތަކަށް ފަސް އަހަރުގެ ތެރޭގައި 3.1 ބިލިއަން ރުފިޔާ ދޫކޮށްފައިވާއިރު އެ މުއްދަތުގެ ތެރޭގައި83 ކްލިނިކާއި ދެ ހޮސްޕޓަލް އާސަންދައިގައި އެމްޕެނަލް ވެފައިވާ ކަމަށާއި
- އަދި ކްލިނިކްތަކަށް 779،809،306ރުފިޔާ ހަރަދުކޮށްފައިވެއެވެ. ސްކީމުން ކްލިނިކްތަކަށް ކުރާ ޖުމްލަ ހޭދަ ކުޑަވިއަސް އެ ހަރަދު ވެސް އަހަރަކަށް 18ޕަސެންޓު އިތުރުވެފައިވެއެވެ.
-
- އަދި އަހަމަ އެއާއި އެކު ވިޒިޓިން ޑޮކްޓަރުންނަށް ވެސް ބަލި މީހުން ރާއްޖެއިން ބޭރަށް ރިފާ ކުރެވިފައިވާ ކަމަށާއި
ގިނަ މީހުން ބޭރަށް ފޮނުވާ ބަލިތަކުގެ ސްޕެޝަލިސްޓުން ރާއްޖޭގައި ގާއިމްކުރެވިފައިވާއިރު، އެ ފަރުވާއާ ގުޅޭ ކޭސްތަކެއް ރާއްޖެއިން ބޭރަށް ފޮނުވަން ޖެހުމާއި ރާއްޖެ އިން ބޭރުން ފަރުވާ ހޯދުމަށް އަށް 2019-2024 އަށް 1.6 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު ސްޕެޝަލިޓީތަކުގެ ފަރުވާ ތަރައްގީ ކުރަން ބޭރުގެ ހޮސްޕިޓަލްތަކާ އެކު، ވެފައިވާ އެއްބަސްވުންތައް ތަންފީޒު ކޮށްފައެއް ނުވެއެވެ.
- އާސަންދަ އަށް 2027 ވަނަ އަހަރު ކުރާ ހަރަދު ހަތަރު ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާކުރެވިފައިވާއިރު އެއީ 2019ވަނަ އަހަރާ އަޅާބަލާއިރު 62 ޕަސެންޓުގެ އިތުރު އަދަދެކެވެ.
- އާސަންދަ ސްކީމް ހިންގަނީ ގާނޫނުގައި ތަސައްވުރު ކޮށްފައިވާ ގޮތަށް ނޫންކަމަށާއި ގާނޫނުގައިވާ ގޮތަށް ޕްރިމިއަމް އިންޝުއަރެންސް ނިޒާމެއްގެ ތެރެއިންހިންގާނަމަ 2023 ގެ ހަރަދުން 1.6 ބިލިއަން ރުފިޔާ މަދުވާނެ ކަމަށް އަންދާޒާކުރެވިފައިވެއެވެ.
- އެގޮތުން އިސްލާހުކުރަން ލަފާ ދިން ބައެއް ކަންކަމުގެ ތެރޭގައި ބޭހަށް ކުރާ ހޭދަ ކުޑަކުރުން އެމްއާރުޕީ ތަންފީޒުކޮށް ފަރުވާ ހޯދާ މީހުންގެ ފަރުދީ ޒިންމާ އިތުރުކުރުމާއި އެކު، ހަރަދު ކުޑަކުރަން ރާއްޖެ އިން ބޭރުން ހޯދާ ފަރުވާއަށް ކޯ-ޕޭމަންޓު ސިސްޓަމެއް ތައާރަފްކުރުމާއި އެކު ދައުލަތުގެ އެހީ ބޭނުންވާ މީހުންނަށް އަމާޒުކޮށްގެންޓާގެޓެޑް ސަބްސިޑީ ތައާރަފްކުރުމަށާއި، މެޑިކަލް ވެލްފެއާ ބަދަލުތައް ގެނައުން ހިމަނާފައިވެއެވެ.
އަދި ގިނަ މީހުން ފަރުވާ ހޯދާ ސްޕެޝަލިޓީތަކާ ގުޅޭ ދިރާސާތައްކޮށް، ބަލިތައް އިތުރުވާ ސަބަބުތައް ދެނެގަނެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ބުނެފައިވެއެވެ




