އެފްއޭއެމްގެ ހިޔާނާތް: އަމީން ކޮންސްޓްރަކްޝަނުން ޚިޔާނުތައި ބައިވެރިވިކަން ސާބިތެއްނުވި

އެފްއޭއެމްގެ ހިޔާނާތް: އަމީން ކޮންސްޓްރަކްޝަނުން ޚިޔާނުތައި ބައިވެރިވިކަން ސާބިތެއްނުވި

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް ބައްސާމް އަދީލް ޖަލީލް، ފީފާއިން އެފްއޭއެމްއަށް ދިން ފައިސާއަށް ހިޔާނާތްތެރިވެ، އަމީން އެވެނިއު އިން ޕެންޓްހައުސްއެއް ގަތް މައްސަލައިގައި އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމައި ހުކުމްކޮށްފި އެވެ.

އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ މަނީ ލޯންޑަރިންނަށް އެހީވެދިނުމުގެ ކުށުގެ ދައުވާ އެވެ. އަމީން ކޮންސްޓްރަކްޝަންގެ އިތުރުން އެ މައްސަލައިގައި ދެން ދައުވާކޮށްފައިވަނީ އެފްއޭއެމްގެ އެކައުންޓްސް ޑިޕާޓްމަންޓްގެ ހެޑްގެ ގޮތުގައި ކުރިން ހުރި ގއ. ގެމަނަފުށި، ފެހިކުރި، މުހައްމަދު އަގީލުގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ މަނީ ލޯންޑަރިންއަށް އެހީވެދިނުމުގެ ކުށުގެ ދައުވާއެވެ. ދެން މަނީ ލޯންޑަރިންނަށް އެހީވެދިނުމުގެ ދައުވާކުރަނީ ހަސަން ވަހީދު ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ.

އެ މައްސަލައިގައި ކްރިމިނަލް ކޯޓުން މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހް ވަނީ އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ދައުވާ ސާބިތުނުވާކަމަށް ނިންމަވައިފަ އެވެ.

ގާޒީ ވިދާޅުވީ އެފްއޭއެމްގެ 1.2 މިލިއަން ޑޮލަރު ދިވެހި ރުފިޔާއަށް މާރުކުރަން އަމިންއަށް ޖަމާކޮށްފައިވާ ކަމަށާއި އެ ޑޮލަރަށްވާ ފައިސާ، ނަގުދު ފައިސާގެ ގޮތުގައި ހަސަން ވަހީދާ ހަވާލުކޮށްފައިވާކަން ސާބިތުވާ ކަމަށެވެ. އެ ފައިސާ އެފްއޭއެމްއާ ހަވާލުކުރިކަން އަންގައިދޭން އަމިންއިން ކޭޝް ވައުޗާ ތަކެއް ތައްޔާރުކުރި ކަމަށް ދައުލަތުން ބުނި ނަމަވެސް، އެ ފައިސާ އެފްއޭއެމްގެ އެއްވެސް އެކައުންޓަކަށް ޖަމާވެފައެއް ނުވެއެވެ. އެފްއޭއެމްގެ ޑޮލަރު އަމީން ކުންފުންޏަށް ޖަމާވި ކަމަށް އެ ކުންފުނިން އިންކާރު ނުކުރާއިރު، އެ ކުންފުނިން އިންކާރު ކުރަނީ އެ ފައިސާ އެފްއޭއެމްއަށް ހަވާލު ނުކުރާކަމާއި އެ ފައިސާއިން ބައްސާމްގެ އެޕާޓްމެންޓަށް ފައިސާ ދައްކާފައިވާ ކަމެވެ.

އެ މައްސަލައިގައި އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ޝަރީއަތުން ނިންމި ނަމަވެސް ބައްސާމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމާފައިވެއެވެ. ގާޒީ ވިދާޅުވީ އެފްއޭއެމަށް ލިބުނު ފައިސާ އެ ތަނަށް ނުވައްދައި، އެހާ ވަރުގެ ފައިސާ އިން ބައްސާމް ޕެންޓްހައުސް ގަނެފައިވާ ކަން ސާބިތުވާ ކަމަށެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *