ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސަކަށް ރަމީލާ އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސަކަށް ރަމީލާ އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، (އެޗްއާރުސީއެމް)ގެ ރައީސްގެ މަގާމަށް ކުރީގެ މިނިސްޓަރ، ޑރ. އާއިޝަތު ރަމީލާ އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ އެޗްއާރުސީއެމްގެ ރައީސްކަމަށް ރަމީލާ އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވުމާއެކު، ހިޔުމަންރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ދިރާސާކޮށް، އޭނާ އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ކޮމިޓީން ނިންމުމާ ގުޅިގެންނެވެ.

އޭނާ އެ މަގާމަށް އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފައި ވަނީ ދައުރުން ބޭރުން މިއަދު ބޭއްވި މަޖިލީހުގެ ދެވަނަ ޖަލްސާގައި ތިއްބެވި 39 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 38 މެންބަރުންގެ އިއްތިފާގުންނެވެ

އެޗްއާރުސީއެމްގެ މެންބަރު ކަމަށް ރަމީލާ އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ. އަދި އެ މަގާމަށް އޭނާ އައްޔަން ކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *