ކުރީގެ މިނިސްޓަރު ރަމީލާ، ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސަކަށް އައްޔަން ކުރަނީ

ކުރީގެ މިނިސްޓަރު ރަމީލާ، ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސަކަށް އައްޔަން ކުރަނީ

ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސް ކަމުގެ މަގާމަށް، މި ސަރުކާރުގެ ފުރަތަމަ އެގްރިކަލްޗަރު މިނިސްޓަރު ޑރ. އާއިޝަތު ރަމީލާ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ފޮނުވައިފިއެވެ.

ރަމީލާގެ ނަމަށް ރުހުން ހޯދަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މަޖިލީހަށް ފޮނުއްވީ މިއަދުއެވެ. އެހެންކަމުން މިއަދު އޮތް ޖަލްސާގައި ރަމީލާގެ ނަން ވަނީ ދިރާސާ ކުރުމަށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވާފައެވެ. ކޮމިޓީގެ ބައްދަލުވުމެއްވެސް މިއަދު އެބައޮތެވެ. އެހެންކަމުން މިއަދު ރަމީލާގެ ނަން ކޮމިޓީން ފާސްކުރާނެ ކަމަށް ބެލެވެއެވެ.

ރަމީލާއަކީ މި ސަރުކާރުގެ ފުރަތަމަ ކެބިނެޓުގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. ނަމަވެސް ފަހުން ކެންސަރުގެ އާލާސްކަންފުޅެއްް ޖެހިވަޑައިގެން ސިއްޙީ ޙާލު ހުރިގޮތުން ވަނީ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވާފައެވެ. އޭނާ ވަނީ މީގެކުރިން ހެލްތް މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވާފައެވެ. ރަމީލާއަކީ ވަރަށްގިނަ ދުވަހު ސިއްޙީ ދާއިރާގައި އުޅުއްވި ނަރުހެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *