އަތުލައިގަތްއިރު މަޑޫރޯ އޮތީ ވަރުގަދަ ކިއްލާއެއްގަ، މަންޒަރުތައް ވަގުތުން ބެލިން، ހީވީ ޓީވީ ޝޯއެއްހެން: ޓްރަމްޕް

އަތުލައިގަތްއިރު މަޑޫރޯ އޮތީ ވަރުގަދަ ކިއްލާއެއްގަ، މަންޒަރުތައް ވަގުތުން ބެލިން، ހީވީ ޓީވީ ޝޯއެއްހެން: ޓްރަމްޕް

އެމެރިކާ އިން ވެނެޒުއޭލާއަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށްފަހު އެ ގައުމުގެ ރައީސް ނިކޮލަސް މަޑޫރޯ އެމެރިކާގެ ބެލުމުގެ ދަށަށް ގެންދިޔައިރު، މަޑޫރޯ އޮތީ ވަރުގަދަ ކިއްލާއެއްގައި ކަމަށާއި، ރައީސް މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ހައްޔަރުކުރި މަންޒަރު އެމެރިކާގައި ހުންނަވައިގެން ވަގުތުން ބެއްލެވި ކަމަށާއި، އެ މަންޒަރު ބަލަމުން ދިޔައިރު ހީވީ ޓީވީ ޝޯއެއް ބަލަމުންދާހެން ކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، މަރޫދޯ އަތުލައިގަތުމަށް އެމެރިކާގެ އަސްކަރިއްޔާއިން ހިންގި އޮޕަރޭޝަނަކީ ވަރަށް އަވަސް އޮޕަރޭޝަނެއް ކަމަށެވެ. މަރޫދޯ އަތުލައިގަތުމަށް ހިންގި އޮޕަރޭޝަން ކުރިއަށްދިޔައިރު ހިނގައިދިޔަ ހުރިހާ ހަމަނުޖެހުމެއް ވަގުތުން ފެނުނު ކަމަށާއި، އެމެރިކާގެ އެންމެ ސިފައިންގެ މީހަކުވެސް މި ހަމަނުޖެހުމުގައި މަރުނުވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެމެރިކާއާ ނުކުޅެވޭނެކަން މިހާރު ސާފު ވެއްޖެ ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ ނިވްޔޯކަށް މަރޫދޯ ގެނެސް އޭނާގެ މައްޗަށް ޝަރީއަތް ހިންގާނެ ކަމަށެވެ. ޓްރަމްޕް ވިދާޅުވީ، މަރޫދޯއަކީ މަސްތުވާތަކެތީގެ ގްރޫޕްތަކާއެކު މަރޫދޯ ވަނީ ފުޅާ ދާއިރާއެއްގައި އެއްބާރުލުންދީ، އެކަމުގައި އުޅުއްވާފައެވެ. ޓްރަމްޕް ވިދާޅުވީ މަރޫދޯއަކީ މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށެވެ.

މަރޫދޯ އަތުލައިގަނެގެން ގެންގޮސް އެމެރިކާގެ ބާރުގެ ދަށުގައި މިވަގުތު ހުރިއިރު، އެމެރިކާ އިން ވެނެޒުއޭލާއަށް ހަމަލާ ދޭނެ ކަމުގެ އިންޒާރުތައް ދެމުންދާތާ އެތައް ހަފްތާތަކެއް ފަހުން މައިގަނޑު ގޮތެއްގައި ހަމަލާ ދީފައިވަނީ ވެނެޒުއޭލާގެ އަސްކަރީ ތަންތަނަށެވެ. މަރޫދޯ އަތުލައިގަނެގެން ފުރަތަމަ ގެންގޮސްފައި ވަނީ އަސްކަރީ ހެލިކޮޕްޓަރެއްގައި ކަނޑު ބޯޓަކަށެވެ.

އެމެރިކާއިން މަރޫދޯ ހައްޔަރު ކޮށްގެން ގެންދިއުމާއި ގުޅިގެން ދުނިޔޭގެ ބަޔެއް ގައުމުތަކުންނާއި އދ. އިންވެސް ވަނީ އެކަން ކުށްވެރި ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *