ޚާލިދާ ޒިޔާގެ ޖަނާޒާގައި ރައީސްގެ މަންދޫބެއްގެ ގޮތުގައި ހައިދަރު ބަންގްލަދޭޝްއަށް

ޚާލިދާ ޒިޔާގެ ޖަނާޒާގައި ރައީސްގެ މަންދޫބެއްގެ ގޮތުގައި ހައިދަރު ބަންގްލަދޭޝްއަށް

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާގެ ޖަނާޒާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން މަންދޫބެއްގެ ގޮތުގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު، ހަމަޖައްސައިފިއެވެ.

ރައީސް އޮފީހުން ބުނީ، ރައީސްގެ ބަދަލުގައި ބަންގްލަދޭޝްއަށް ވަޑައިގެން ފަސްދާނުލުމުގައި ބައިވެރިވެވަޑައިގަންނަވާނީ ހައިދަރު ކަމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ. ރައީސް ވަނީ ޚާލިދާ ޒިޔާ އަވަހާރަވުމާއި ގުޅިގެން ބަނގްލަދޭޝްގެ ރައްޔިތުންނަށާއި ޚާލިދާ ޒިޔާގެ ޢާއިލާއަށް ތަޢުޒިޔާވެސް ފޮނުއްވާފައެވެ.

ރައީސް އޮފީހުން ބުނީ، ރައީސްގެ ޚާއްޞަ މަންދޫބެއްގެ ގޮތުގައި، ޑޮކްޓަރ ޢަލީ ޙައިދަރު، ބޭގަމް ޚާލިދާ ޒިޔާގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ބަނގްލަދޭޝްއަށް ކުރައްވާ މި ދަތުރުފުޅުގައި އެ ޤައުމުގެ ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރ، ޑޮކްޓަރ މުޙައްމަދު ޔޫނުސާއި ބޭގަމް ޚާލިދާ ޒިޔާގެ ޢާއިލާގެ މެމްބަރުންނާއި ބައްދަލުކުރައްވައި ރައީސްގެ ފަރާތުންނާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުންވެސް ތަޢުޒިޔާ ދަންނަވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ގޮތުގައި، ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު، ބޭގަމް ޚާލިދާ ޒިޔާގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ބަނގްލަދޭޝްއަށް ކުރައްވާ މި ދަތުރުފުޅުގައި އެ ޤައުމުގެ ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރ، ޑޮކްޓަރ މުޙައްމަދު ޔޫނުސާއި ބޭގަމް ޚާލިދާ ޒިޔާގެ ޢާއިލާގެ މެމްބަރުންނާއި ބައްދަލުކުރައްވައި ރައީސުލްޖުމްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ތަޢުޒިޔާ ދެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *