ހައިކޯޓުން ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް 19 ބޭފުޅަކު ކުރިމަތި ލައްވައިފި

ހައިކޯޓުން ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް 19 ބޭފުޅަކު ކުރިމަތި ލައްވައިފި

ދިވެހިރާއްޖޭގެ ހައިކޯޓުގެ ބެންޗުން މިހާރު ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް 19 ބޭފުޅަކު ކުރިމަތި ލައްވައިފިއެވެ.

ހައިކޯޓުން ދެ ފަނޑިޔާރެއްގެ ޖާގަ ހުސްވީ، އެ ކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނެވި މުހައްމަދު ނިޔާޒު ރިޓަޔާ ކުރައްވައި، އަދި ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވުމުންނެވެ. މީގެތެރެއިން ނިޔާޒަކީ ހައިކޯޓުގައި އެންމެގިނަ ދުވަސްވީ ފަނޑިޔާރެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ޖުޑީޝަލް ސާވިސް ކޮމިޝަނުން ހުޅުވާލި މުއްދަތު މިހާރު ވަނީ ހަމަވެފައެވެ. މުއްދަތު ހަމަވީއިރު ކުރިމަތި ލެއްވި ބޭފުޅުންގެ ތެރޭގައި، އެ ކޯޓުގެ ކުރީގެ ފަނޑިޔާރުން ކަމުގައިވާ ޝުޖާއު އުސްމާނާއި އަބްދުއްރައޫފް އިބްރާހިމްވެސް ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *