ޝާހިދާއި ނަޝީދު ބައްދަލު ކުރައްވައިފި

ޝާހިދާއި ނަޝީދު ބައްދަލު ކުރައްވައިފި

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައްދަލު ކުރައްވައިފިއެވެ.

ޝާހިދުގެ ގެކޮޅު، ހ. ރަބީއީމަންޒިލްގައި އޮތް މި ބައްދަލު ކުރެއްވުމަކީ ރާއްޖޭގެ ސިޔާސީ ކަންކަމާބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވުމަށް އޮތް ބައްދަލު ކުރެއްވުމެކެވެ.

ދެބޭފުޅުން ވަކިން ބައްދަލު ކުރެއްވި މި ބައްދަލު ކުރެއްވުން އޮތީ ރޭ ގައެވެ. ޝާހިދާއި ނަޝީދު ރޭ ބައްދަލު ކުރެއްވިއިރު، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ނަޝީދު ބައްދަލު ކުރައްވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި ދިމާކޮށް އެމްޑީޕީގެ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާ ނަޝީދު ބައްދަލު ކުރައްވާއިރު، އެމްޑީޕީއާ ވަކިވެވަޑައިގަތުމަށްފަހު އަލުން ނަޝީދު ވަނީ ދާދިފަހުން ޕާޓީއަށް އެނބުރި ވަޑައިގެންފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *