ދަންވަރު 12 ން ހެނދުނު 6 އަށް މަގުމަތީގައި އުޅޭ ބިދޭސީންނާ ސުވާލު ކުރަން ފަށަނީ

ދަންވަރު 12 ން ހެނދުނު 6 އަށް މަގުމަތީގައި އުޅޭ ބިދޭސީންނާ ސުވާލު ކުރަން ފަށަނީ

ދަންވަރު ބޭރުތެރޭގައި އުޅޭ ބިދޭސީންނާ ސުވާލު ކުރަން ސަރުކާރުން ނިންމައިފިއެވެ.

އެކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. ރައީސް މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދަންވަރު ހޭލައި ބޭރުތެރޭގައި އުޅޭ ބިދޭސީންނާ ސުވާލު ކުރުމަށް ފުލުހުންނާއި ކަމާގުޅޭ ހުރިހާ އިދާރާތަކަށް މިހާރު އަންގަވާފައިވާނެ ކަމަށެވެ.

"ދަންވަރު 12:00 އިން ފެށިގެން ހެނދުނު 06:00 އާއި ހަމައަށް އާންމު ތަންތަނުގައާއި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވާ ސުވާލުކޮށް އަދި ފާހަގަވާ ކަންކަމާއި ގުޅިގެން ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅެއްވާނަމަ އެ ފިޔަވަޅު އެޅުމަށް މިރެއިން ފެށިގެން ދިވެހި ފުލުހުންނާއި ކަމާއިބެހޭ އެހެން އިދާރާ ތަކުން މަސައްކަތް ފަށަން ވާނީ ދަންނަވާފައި" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެގޮތަށް ނިންމެވީ ދިވެހިރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން ބައެއް ފަރާތްތަކުން ރޭގަނޑުގެ ދަންވަރު ވަގުތުތަކުގައި ރަށުތެރޭގެ އާއްމު މަސްލަހަތު ގެއްލޭ ފަދަ ކަންކަން ކުރަމުންދާތީ އާއި  އާއްމު އިޖްތިމާއީ މިންގަނޑުތަކާއި ޚިލާފަށް އުޅެމުންދާތީ ކަމަށެވެ.

ބިދޭސީންގެ މައްސަލައަކީ ރާއްޖޭގައި އަބަދުވެސް ވަރަށް ބޮޑު އިޖުތިމާއީ މައްސަލައެއްގެ ގޮތުގައި އޮތް މައްސަލައެކެވެ. މި މައްސަލައިގައި އާންމުންގެ ޝަކުވާތައް އިންތިހާއަށް ވަނީ ބޮޑުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *