ގިނަބަޔަކަށް ބޮޑެތި ގެއްލުންތަކެއް ވީފަހުން ހުޅުމާލޭ މަގުތަކުގައި ހުރި ސްޕީޑް ބްރޭކަރުތައް ނަގަން ފަށައިފި

ގިނަބަޔަކަށް ބޮޑެތި ގެއްލުންތަކެއް ވީފަހުން ހުޅުމާލޭ މަގުތަކުގައި ހުރި ސްޕީޑް ބްރޭކަރުތައް ނަގަން ފަށައިފި

ހުޅުމާލޭ މަގުތަކުގައި އަޅާފައިވާ ސްޕީޑް ބްރޭކަރު ތަކުގެ ސަބަބުން ގިނަބަޔަކަށް ބޮޑެތި ގެއްލުންތަކެއް ވީފަހުން އެ ސްޕީޑް ބްރޭކަރުތައް ނަގަން ފަށައިފިއެވެ.

ހުޅުމާލޭގެ މަގުތަކުގައި ބާރު ސްޕީޑުގައި ދުއްވާ ވެހިކަލްތަކުގެ ސްޕީޑު މަޑު ކުރުމަށް ކަމަށްބުނެ އެޗްޑީސީ އިން މަގުތަކުގައި އެޅި ސްޕީޑް ބްރޭކަރުތައް އެޅުމާއެކުވެސް ހަތަރު ފުރޮޅުލީ އުޅަނދު ފަހަރާއި ދެ ފުރޮޅުލީ ވެހިކަލް ދުއްވާ މީހުންގެ ޝަކުވާ ދިޔައީ އޮހެމުންނެވެ. އުޅަނދު ތަކުގެ ޝޮކުތައް ހަލާކުވާ ކަމުގެ ޝަކުވާ އާއި އުނގަނޑަށް ތަދުވާ ކަމުގެ ޝަކުވާ މެދުނުކެނޑި ދިޔައީ އޮހެމުންނެވެ. ނަމަވެސް އެކަމަށް އެއްވެސް ސަމާލުކަމެއް ނުދީ ދުވަސްތަކެއް ދިޔަފަހުން އެޗްޑީސީ އިން މިއަދު ވަނީ އެ ބްރޭކަރުތައް ނަގަން ފަށާފައެވެ.

މި ސްޕީޑު ބްރޭކަރު ތަކަކީ ވަރަށް ހަނި ބްރޭކަރު ތަކެއް ކަމަށްވާތީ އުޅަނދު ފަހަރު ކިތަންމެ މަޑުން ބްރޭކަރު މަތިން ފޭބިޔަސް ވެހިކަލް ގޮސް ކުއްލިއަކަށް ބްރޭކަރު މަތިން ވެއްޓެއެވެ. އަދި ބްރޭކަރުތައްވެސް ހަލާކުވެ، އޭގައިވާ ދަގަނޑު ކަހަލަ އެއްޗެހި ފަހަކަށް އައިސް ނެއްޓި ފުރޮޅަށް ހެރި ހަން ފަޅައިގެންދާ ކަމުގެ ޝަކުވާވެސް ބަޔެއް ފަރާތްތަކުން ދިޔައީ ކުރަމުންނެވެ. ޚާއްސަކޮށް ބްރޭކަރު ތަކުގެ ކޮޅު ހަލާކުވެ ވެހިކަލްތަކުގެ ފުރޮޅަށް ލިބޭ ގެއްލުންތައް ފާހަގަ ކުރެވެއެވެ.

ދާދިފަހުން ރައީސް ޑރ. މުއިއްޒު މާލޭގެ ރައްޔިތުންނާ ބައްދަލު ކުރެއްވި ބައްދަލު ކުރެއްވުންތަކުގައިވެސް ގިނަބަޔަކު ދިޔައީ އެ ޝަކުވާ އޮއްސަމުންނެވެ. ނަމަވެސް ގިނަބަޔަކަށް ބޮޑެތި ގެއްލުންތަކެއް ފުރަތަމަ ދުވަހުން ފެށިގެންވެސް ވަމުންދިޔައިރު، އެކަމަށް ފަރުވާލެއް ނުބަހައްޓައި ތިބުމަށްފަހު، މިއަދު ކުއްލިއަކަށް ބްރޭކަރުތައް ނަގަން ފެށި ސަބަބެއް ސާފެއް ނުވެއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *