ފަނޑީޔާރު އަލީ އާދަމް. ފޮޓޯ: މިހާރު

ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމްގެ ސުލޫކީ މައްސަލަ ޖޭއެސްސީއަށް ހުށަހަޅައިފި

ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމްގެ ސުލޫކީ މައްސަލަ ޖޭއެސްސީއަށް ހުށަހަޅައިފި

ދިފާއީ ވަކީލުން ހެކިންނަށް ބިރު ދައްކާ ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް ހުކުމެއްގައި ލިޔުއްވި މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފި އެވެ.

އަލީ އާދަމްގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅީ، ގްރޫޕްތަކާއި ދިފާއީ ވަކީލުން ހެކިންނަށް ބިރު ދައްކާ ކަމަށް ވިދާޅުވުމާއި ގުޅިގެން، ދިފާއީ ވަކީލެކެވެ. ނަމަވެސް ޖޭއެސްސީ އިން މި މައްސަލަ ބަލައިގަތް ކަމެއް ނުވަތަ ނުގަންނަ ކަމެއް އަދި މައްސަލައިގައި ކުރިއަށްދާނެ ގޮތެއް އަދި ސާފެއްނޫނެވެ.

މި މައްސަލަ ފެންމަތިވީ، 19 އަހަރުގެ އިބްރާހިމް އާގިލް މަރާލި މައްސަލައިގެ ސިއްރު ހެކިވެރިޔަކު، އޭނާގެ ހެކިބަސް ބަލައިނުގަތުމަށް އެދި ކޯޓަށް ސިޓީއެއް ފޮނުވުމުން އެކަމުގައި ގާޒީ އަލީ އާދަމް ކަންބޮޑުވުން ފާޅު ކުރައްވައި ދެއްކެވި ވާހަކަފުޅަކާއި ގުޅިގެންނެވެ.

މި މައްސަލައިގެ ޙުކުމް އިއްވަމުން ގާޒީ ވިދާޅުވީ، މިފަދަ ބޮޑެތި މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުން ނިސްބަތްވާ ގްރޫޕް ތަކުންނާއި، ދިފާއީ ވަކީލުންވެސް ހެކިންނަށް ބިރުދައްކައި ފުރާނައަށް ނުރައްކާވާނޭ ފަދަ އިންޒާރު ދެމުންދާކަން ފާހަގަ ކުރެއްވޭ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *