ކައުންސިލް އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދޭން ހުރިހާ އެއްބާރުލުމެއް ދޭނަން: ނަޝީދު

ކައުންސިލް އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދޭން ހުރިހާ އެއްބާރުލުމެއް ދޭނަން: ނަޝީދު

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދިނުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީީގެ ރައީސްކަންވެސް ކުރައްވާފައިވާ ނަޝީދު، ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި އެ ޕާޓީން ވަކިވެވަޑައިގެން އަމިއްލަފުޅު ޕާޓީއެއް ހެއްދެވުމަށްފަހު، އެ ޕާޓީއަށް މާބޮޑު ތާއީދެއް ނެތުމުން އެނބުރި އެމްޑީޕީއާއި ދާދިފަހުން ގުޅިވަޑައިގެން ނަޝީދު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވަގުތީ ޗެއާޕާސަން ކަމަށް އިންތިޚާބުވި ޣަފޫރާއެކު، ޕާޓީގެ ޔުނިޓީ އޮބަހައްޓައި، ކުރިއަށް އޮތް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރަން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމަށެވެ.

"ކުރިއަށް މިއޮތް ލޯކަލް ކައުންސިލް އިންތިޚާބުގަ ކާމިޔާބަށް ވާސިލުވާން ކުރަންޖެހޭ މަސައްކަތުގައި އަޅުގަނޑުގެ ހުރިހާ އެއްބާރުލުމެއް ލިބޭނެ" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވަނީ އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ކަމަށް ރޭ އިންތިޚާބުވި ޣަފޫރަށް މަރުޙަބާ ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *