އެމްޑީޕީގެ ދާއިމީ ޗެއާޕާސަން ހޮވުން ކައުންސިލް އިންތިޚާބަށްފަހު ބާއްވަން ނިންމައިފި

އެމްޑީޕީގެ ދާއިމީ ޗެއާޕާސަން ހޮވުން ކައުންސިލް އިންތިޚާބަށްފަހު ބާއްވަން ނިންމައިފި

އެމްޑީޕީގެ ދާއިމީ ޗެއާޕާސަން ހޮވަން ބާއްވާ އިންތިޚާބު، އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށްފަހު ބާއްވަން އެ ޕާޓީގެ ގައުމީ މަޖިލީހުން ނިންމައިފިއެވެ.

ރޭ އޮތް ގައުމީ މަޖިލީހުގެ ޖަލްސާގައި އެގޮތަށް ހުށަހެޅުއްވީ، ގައުމީ މަޖިލީހުގެ މެމްބަރު، ހޯރަފުށި ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަހުމަދު ސަލީމެވެ. މި ހުށަހެޅުން ފާސްވީ ރޭގެ ޖަލްސާ އަށް ހާޒިރުވި 69 މެމްބަރުންގެ ތެރެއިން 58 ވޯޓާއެކުގައެވެ.

ފާސްވި ހުށަހެޅުމުގައި ބުނެފައި ވަނީ، އަންނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކޮށްފައިވާ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުލާ ތާރީޚުން ފެށިގެން ލަސްވެގެން 7ދ ދުވަހުގެ ތެރޭގައި ދާއިމީ ޗެއާޕާސަން ހޮވާ އިންތިހާބަށް ޕާޓީން ފުރުސަތު ހުޅުވާލަން ޖެހޭނެ ކަމަށެވެ. އަދި އެ އިންތިޚާބު ބާއްވާނެ ގޮތުގެ ތާވަލެއް އެކުލަވާލަން ޖެހޭނެ ކަމަށެވެ.

ދާއިމީ ޗެއާޕާސަން ހޮވާ އިންތިޚާބު، ކައުންސިލް އިންތިޚާބަށްފަހު ބާއްވަން ރޭ ނިންމިއިރު، ދާއިމީ ޗެއާޕާސަނަކު އިންތިޚާބު ވަންދެން ވަގުތީ ގޮތުން ޗެއާޕާސަން ކަމުގައި ހުންނަވާނީ ހަނިމާދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުލްޣަފޫރު މޫސާއެވެ. އެ މަގާމަށް އޭނާ ހޮވީ ރޭ އޮތް ގައުމީ މަޖިލީހުގެ ޖަލްސާގައެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ހުންނެވި ފައްޔާޒް އިސްމާއީލް މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *