އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ކަމުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) އައްޔަން ކޮށްފިއެވެ.
ޣަފޫރު މި މަގާމަށް އައްޔަން ކުރީ މިރޭ އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައެވެ. އެކަމަށް ނެގި ވޯޓުގައި ގައުމީ މަޖިލީހުގެ 65 މެމްބަރުން ވޯޓު ދީފައިވެއެވެ. ވަގުތީ ޗެއާޕާސަން ކަމަށް ޣަފޫރު ހޮވުމާއި ހަމައިން މިރޭ އޮތް ގައުމީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވީ އޭނާއެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި ފައްޔާޒް އިސްމާއީލް މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.





