ސީދާ އަޅުގަނޑާ ބައްދަލުކޮށްގެންނާއި ރައީސް އޮފީހުގެ މިނިސްޓަރުން މެދުވެރިކޮށް ކަންބޮޑުވުން ޙިއްސާ ކުރުމުގެ ފުރުޞަތު ހޯދައި ދޭނަން: ރައީސް

ސީދާ އަޅުގަނޑާ ބައްދަލުކޮށްގެންނާއި ރައީސް އޮފީހުގެ މިނިސްޓަރުން މެދުވެރިކޮށް ކަންބޮޑުވުން ޙިއްސާ ކުރުމުގެ ފުރުޞަތު ހޯދައި ދޭނަން: ރައީސް

ރައްޔިތުންގެ ތެރެއިން އެމަނިކުފާނާ ބައްދަލު ކުރައްވައި އެކިއެކި ކަންބޮޑުވުން ޙިއްސާ ކުރެއްވުމުގެ ފުރުޞަތު ހޯއްދަވައި ދެއްވާނެ ކަމަށާއި އަދި ރައީސް އޮފީހުގެ މިނިސްޓަރުން މެދުވެރިކޮށްވެސް ކަންބޮޑުވުން ޙިއްސާ ކުރުމުގެ ފުރުޞަތު ރައްޔިތުންނަށް ފަހިކޮށްދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކަލާފާން ސްކޫލްގައި ރޭ، ހެންވޭރުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އރައީސުލްޖުމްހޫރިއްޔާއަށް އާންމުން ފޮނުވާފައިވާ ސިޓީ ތަކަށް ޖަވާބު ދެއްވުމުގައި ބެކްލޮގުތައް ފިލުވައި، އަވަހަށް ޖަވާބު ދެއްވުމަށް އިތުރު ހިތްވަރެއް ލައްވާނެ ކަމަށެވެ. އަދި އެމަނިކުފާނާ ބައްދަލުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށްވެސް، ސީދާ އެމަނިކުފާނާ ބައްދަލުކުރައްވައިގެންނާއި، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރުން މެދުވެރިކުރައްވައިގެން ކަންބޮޑުވުން ހިއްސާކުރެއްވުމުގެ ފުރުޞަތު ފަހިކޮށްދެއްވާނޭ ކަމަށެވެ.

ރައީސް ވިދާޅުވީ، ރައްޔިތުން އެކި ދާއިރާތަކުން ފާޅުކުރައްވާފައިވާ ކަންބޮޑުވުންތައް އަޑުއައްސަވައި، އޮންނަ އުސޫލުތަކުގެ ތެރެއިން، ވީހާވެސް އީޖާބީ ގޮތެއްގައި އެކަންކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނޭކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *