އިންޑިއާގެ އެހީގައި މާލެ ސިޓީގައި ހަތަރު ޕާކިންގ އިމާރާތް އެޅުން އެބައޮތް: ރައީސް

އިންޑިއާގެ އެހީގައި މާލެ ސިޓީގައި ހަތަރު ޕާކިންގ އިމާރާތް އެޅުން އެބައޮތް: ރައީސް

މާލެ ސިޓީއަށް ދިމާވެފައިވާ، އެއްގަމު އުޅަނދު ފަހަރު ޕާކު ކުރާނެ މައްސަލައަށް ހައްލު ގެނެވޭތޯ ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކަލާފާން ސްކޫލްގައި ހެންވޭރު ރައްޔިތުންނާއެކު ރޭ ބޭއްވެވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ކަމަށް ހައްލު ހޯދުމުގެ ގޮތުން މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ޖުމްލަ ހަތަރު ޕާކިންގ އިމާރާތް އެޅުމުގެ މަސައްކަތް، އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓްގައި ހިމަނާފައިވާ ކަމަށެވެ.

ރައީސް މިފަދައިން ވިދާޅުވިއިރު، މާލެ ސިޓީއަށް ވަނީ ސައިކަލާއި ކާރު އަދި ޕިކަޕް ފަދަ އެއްގަމު އުޅަނދު ޕާކު ކުރުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ. ޕާކު ކުރާނެ ޖާގަ ނެތުމުގެ ސަބަބުން މާލެ އާއި ހުޅުމާލޭގެ މަގުތައް ވަނީ ދުއްވާ އެއްޗެހިން ވަރަށް ބޮޑަށް ތޮއްޖެހިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *