ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް، ގ. ހާފްސީ، އަޙްމަދު މަޚްލޫފް މިއަދު ޢައްޔަން ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި އޮތް މި ބައްދަލުވުމުގައި ސަފީރުކަމުގެ ފަތްކޮޅު މަހްލޫފަށް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. ސަފީރު ކަމުގެ ފަތްކޮޅު މިއަދު މަހްލޫފަށް އެރުވީ، ރައްޔިތުންގެ މަޖިލީހުން އިއްޔެ ރުހުން ދީފައިވަނިކޮށެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކުޅިވަރާބެހޭ ވަޒީރުކަން ކުރައްވާފައިވާ މަހްލޫފް ޖަޕާނުގެ ސަފީރު ކަމަށް ހަމަޖެހިގެން މިދިޔައީ، ދާދިފަހުން އެމްޑީޕީ އިން ވަކިވެ، ޕީއެންސީއަށް ސޮއި ކުރައްވާފައި ވަނިކޮށެވެ.





