ސިޔާސީ ކަންކަމުގެ ތެރެއަށް ވަންނަ ޒުވާނުންނަށް ވިޔަފާރިވެރިޔާ، އިނަރ މޯލްޑިވްސް އަދި އޭސް ޓްރެވަލްސްގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ފިރާގު ދެއްވި މެސެޖުގައި، ނަޒާހަތްތެރިކަމާއެކު ހައްގު މިންވަރު ހޯދަން މަސައްކަތް ކުރަން އެދިވަޑައިގެންފިއެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް ފިރާގު ދެއްވި މެސެޖުގައި ވިދާޅުވީ، ޒުވާނުން ސިޔާސީ ކަންކަމުގައި ބައިވެރިވާއިރު ސިޔާސީ އެތައް ހަމަލާތަކެއް އަންނާނެ ކަމަށާއި އެއީ ޔަގީން ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ސިޔާސީ ހަމަލާތައް އައުމުން އެންމެ ބުއްދިވެރި ގޮތަކީ އެކަންކަމާ އަޅާނުލުން ކަމަށެވެ.
ފިރާގު ވިދާޅުވީ، އެފަދަ ހަމަލާތައް ޒުވާނުންނަށް ދިނުމުގެ ބޭނުމަކީ، ވިސްނުމައި ފިކުރު ބަލިކަށިކޮށް، ފޯކަސް ގެއްލުވާލުމާއި، ހަމަލާތަކަށް ރައްދު އެމީހަކު ރުޅި އަރުވާލުން ކަމަށެވެ. އޭނާ ވިދާޅުވީ އެ ފުރުޞަތު ނުދިމަށެވެ.
"އޭގެ ބަދަލުގައި ތިމާގެ ލަނޑުދަނޑި ތަކަށް ފޯކަސްކޮށް، ތިމާގެ އުސޫލުތައް ދަމަހައްޓައި، ތިމާގެ އަމަލުތައް ބަހަށްވުރެ ވަރުގަދަކޮށް ވާހަކަ ދައްކަން ދޫކޮށްލާށެވެ. ހަނދާން ކުރަންވީ، ހަމަލާތަކާ ކުރިމަތިލާއިރު ކެތްތެރިކަމާއި ހަމަޖެހުން ދައްކުމަށެވެ. ތިމާގެ ނަޒާހަތްތެރިކަން ދަމަހައްޓައި، ހައްޤި މިންވަރުގެ މައްޗަށް ތެދުވެ، ހަގީގަތް ހާމަކޮށްދޭށެވެ." ފިރާގު ވިދާޅުވިއެވެ.





