ވިލިމާލޭ ރައްޔިތުންނާ ރައީސް މާދަމާ ރޭ ބައްދަލު ކުރައްވަނީ

ވިލިމާލޭ ރައްޔިތުންނާ ރައީސް މާދަމާ ރޭ ބައްދަލު ކުރައްވަނީ

މާލޭގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ރައީސް ފައްޓަވާ ބައްދަލުވުންތަކުގެ ތެރެއިން ފުރަތަމަ ބައްދަލުވުން މާދަމާ ރޭ ވިލިމާލޭ ރައްޔިތުންނާއެކު އޮންނާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިއަދު ވިދާޅުވީ މި ބައްދަލުވުން އޮންނާނީ މާދަމާ ރޭ 8:30 ގައި ވިލިމާލޭ މުހިއްޔުއްދީން ސްކޫލްގައި ކަމަށެވެ.

ހީނާ ވިދާޅުވީ، މިއީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނާ ބައްދަލު ކުރައްވަން ރައީސް ނިންމަވައި ފައްޓަވާ ބައްދަލުވުމެއް ކަމަށެވެ.

ހީވާ ވިދާޅުވީ، މި ބައްދަލުވުމަށް ވިލިމާލޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށްވެސް ދައުވަތު އަރުވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *