ކައުންސިލާ މެދު ޝަކުވާ ހުރި ކަމަށް ވިދާޅުވެ، ރައީސް މާލޭ ރައްޔިތުން ގާތަށް

ކައުންސިލާ މެދު ޝަކުވާ ހުރި ކަމަށް ވިދާޅުވެ، ރައީސް މާލޭ ރައްޔިތުން ގާތަށް

މާލޭ ސިޓީ ކައުންސިލާ މެދު ރައްޔިތުންގެ ޝަކުވާ ހުރި ކަމަށް ވިދާޅުވެ، މާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މާލޭގެ ކުރީގެ މޭޔަރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ޒުވާނުންގެ މަރުކަޒުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މާލޭގެ މޭޔަރުކަމުގައި ހުންނެވި އިރު، ކުރެއްވި މަސައްކަތްތަކެއް ކުރައްވަން ޖެހިވަޑައިގެންފައިވާ ކަމަށެވެ. އަދި ސަރުކާރުން މާލެއަށް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަން ފެށިފައިވާ ކަމަށް ވިދާޅުވިއެވެ.

އަންނަ ހަފުތާއިން ފެށިގެން މާލޭގެ އަވަަށްތަކާއި ހުޅުމާލެ ދެ ފިޔަވައްސަކަށް ބަހާލައިގެން ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށާއި މިހާރުގެ ސިޓީ ކައުންސިލުގެ މަސައްކަތްތައް ހުރި ގޮތުން ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއި، އަންހެނުންނާއި ޒުވާނުން އިސްވެ ހިންގާ ވިޔަފާރިތަކަށް އަމާޒުކޮށް ބައްދަލުވުންތަކެއް ބޭއްވުމަށް ވެސް ނިންމަވާފައިވާ ކަމަށެވެ.

މި ސަރުކާރުގެ ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން، އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ ބައްދަލުވުންތަކަކީ ވަރަށްވެސް ކާމިޔާބު، ނަތީޖާ ފެނިގެންދިޔަ ބައްދަލުކުރެއްވުންތަކެއް ކަމަށެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *