ރާއްޖެއަކީ މަސްތުވާތަކެތީގެ ވަބާއިން އެއްކޮށް ސަލާމަތްވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރީގައި ބައިވެރިވާ ފަރާތްތަކާ ދެކޮޅަށް ހާއްސަ އޮޕަރޭޝަނެއް ހިންގުމަށް ފުލުހުންނަށް މިއަދު އަންގަވާފައިވާނެ ކަމަށެވެ.
މި އޮޕަރޭޝަނަކީ އެއްވަގުތެއްގައި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަން ބަލާ ފާސްކުރެވޭނެ އޮޕަރޭޝަނެއް ކަމަށާއި މި އޮޕަރޭޝަނުގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވާނެކަމަށް ރައީސް ވިދާޅުވި އެވެ.
މި އޮޕަރޭޝަން ފެށިފައިވަނީ މަސްތުވާތަކެތީގެ ވަބާ މުޅި ރާއްޖެއިން ނައްތާލައި، ރައްޔިތުންނަށް އަމާން ދިރިއުޅުމެއް ހޯދައިދިނުމުގެ ސަރުކާރުގެ ވައުދުގެ ދަށުންނެވެ.






