ސަރުކާރުގެ ތެރޭގައި ފުޅާކޮށް ކޮރަޕްޝަން އޮތްކަން ރައީސް ގަބޫލު ކުރެއްވުމަކީ އިސްލާޙަަށް އެޅި މުހިންމު ފިޔަވަޅެއް: ފިރާގު

ސަރުކާރުގެ ތެރޭގައި ފުޅާކޮށް ކޮރަޕްޝަން އޮތްކަން ރައީސް ގަބޫލު ކުރެއްވުމަކީ އިސްލާޙަަށް އެޅި މުހިންމު ފިޔަވަޅެއް: ފިރާގު

ސަރުކާރުގެ އެތެރޭގައި ފުޅާދާއިރާއެއްގައި ކޮރަޕްޝަން އޮތްކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެނެގަނެ، އެކަން ގަބޫލުފުޅު ކުރެއްވުމަކީ އިސްލާހަކަށް އެޅުއްވި ފިޔަވަޅެއް ކަމަށް ގަބޫލުކުރައްވާ ކަމުގައި ވިޔަފާރިވެރިޔާ، އިނަރ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން ފުޅާކޮށް ހިނގަމުންދާ ކަމަށާއި، އެކަން ބޮޑަށް އޮތީ އާދައިގެ މުވައްޒަފުންނާއި މެދުފަންތީގެ މުވައްޒަފުންގެ ތެރޭގައި ކަމަށާއި، ނަމަވެސް މަތީ ފަންތީގައިވެސް ކޮންމެވެސް ވަރަކަށް އެކަން އޮތް ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާތީ، އެކަމަށް އިޝާރާތް ކުރައްވައި ފިރާގު ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަ ކުރުމަށް ރާވައި ތައްޔާރު ވަމުންދާއިރު، މިހާތަނަށް ޙާޞިލު ކުރެވިފައިވާ ކަންކަމާމެދު ވިސްނާލުން މުހިންމު ކަމަށެވެ. އަދި ފުރިހަމަ މަންޒަރު ދެނެގަތުމަކީ ފަސޭހަ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އެހެން ކަމުގައި ވިޔަސް، އަދިވެސް އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭނީ، ޤައުމު ކުރިއަށް ގެންދިއުމަށްޓަކައި ކުރެވުނު އެތައް މަސައްކަތެއް ވާކަމެވެ." ފިރާގު ވިދާޅުވިއެވެ.

ފިރާގު ވިދާޅުވީ، ހަގީގީ ކުރިއެރުމަށް ބޭނުން ވަނީ ހުރިހާ ފަރާތްތަކެއް ހިމެނޭ ގޮތަށް ކަމަށެވެ. އަދި ޔަޤީން ކުރެވޭ ގޮތުގައި، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި މިހާރަށްވުރެ ބޮޑު ބަދަލުތަކެއް އަންނާނެއެވެ. އެގޮތުން ކުރިއަށް އޮތް ދުވަސްތަކަކީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެވޭ ވަރުގަދަ ދުވަސް ތަކަކަށް ވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ސަރުކާރުގެ ތެރޭގައި ފުޅާދާއިރާއެއްގައި ފެތުރިފައިވާ ކޮރަޕްޝަން ރައީސުލްޖުމްހޫރިއްޔާ ދެނެގަނެ ގަބޫލު ކުރެއްވުމަކީ ހަމަގައިމުވެސް ހިތްވަރު ލިބޭ ކަމެކެވެ. މާނަހުރި އިސްލާހަކަށް އެޅި މުހިންމު ފިޔަވަޅެކެވެ. އަޅުގަނޑުމެން އެކުގައި ކޮރަޕްޝަނާ ދެކޮޅަށްކުރާ މަސައްކަތުގައި އެއްބައިވަންތަ ކަމާއެކު މިތިބީ އަތުކުރި އޮޅާލައިގެން ފަސްޖެހުމެއް ނެތި  ތަކުރާުކޮށް މިވާހަކަ ދާއްކާ އަލިމަގެއް  ހޯދުމުގައެވެ." ފިރާގު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *