ހުޅުމާލެ ފަޅުތެރޭ އޮތް ތެޔޮ ބޯޓެއްގައި މިއަދު އަލިފާނުގެ ރޯވެއްޖެ އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ ހުޅުމާލެ ފަޅުތެރޭގައި އޮތް އުޅަނދެއްގައި އަލިފާން ރޯވެގެން، އަލިފާން ނިއްވުމުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔުގެ ހުޅުމާލޭ ފަޔާ ސްޓޭޝަންގެ ފަޔާފައިޓަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ނަމަވެސް މި ހާދިސާ ހިނގި ވަގުތެއް ހިނގި ގޮތެއް އެމްއެންޑީއެފުން ސާފުކޮށެއްނުދެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފަޅުތެރޭގައި އޮތް އުޅަނދަކުން ކަޅު ދުން އަރާ މަންޒަރު ފެނެއެވެ.






