ރައީސް މުއިއްޒު މިރޭ ހަނިމާދޫ އެއާޕޯޓު ހުޅުވުމުން ޝާހިދު ހަނދާން އާކޮށްދެއްވީ އިންޑިއާގެ މިލިޓަރީ މަރުކަޒެކޭ ކިޔައި ކެމްޕޭނުތެރޭ ދެއްކި ވާހަކަތައް!

ރައީސް މުއިއްޒު މިރޭ ހަނިމާދޫ އެއާޕޯޓު ހުޅުވުމުން ޝާހިދު ހަނދާން އާކޮށްދެއްވީ އިންޑިއާގެ މިލިޓަރީ މަރުކަޒެކޭ ކިޔައި ކެމްޕޭނުތެރޭ ދެއްކި ވާހަކަތައް!

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްގީކޮށް މިރޭ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަނިމާދޫއަށް ވަޑައިގެން ހުޅުވައިދެއްވުމުން ކުރީގެ ފޮރިން މިނިސްޓަރ އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ހަނދާން އާކޮށްދެއްވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އިންޑިޔާގެ އެހީތެރިކަމާއެކު ފެށި އެ މަޝްރޫއުއާއި ގުޅުވައި އޭރު އިދިކޮޅުގައި ތިއްބަވައިގެން ރައީސް މުއިއްޒާއި އެމަނިކުފާނުގެ ސަރުކާރުގައި މިހާރު އިސްކޮށް ތިއްބެވި ބޭފުޅުން އިންޑިޔާއާއި ގުޅުވައި، ހަނިމާދޫ އެއާޕޯޓާބެހޭ ގޮތުން ދެއްކި ވާހަކަތަކެވެ.

ރައީސް ސޯލިހުގެ ސަރުކާރުން، އިންޑިޔާ ސަރުކާރުގެ އެހީގައި ހަނިމާދޫ އެެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ފެށިއިރު، އެކަމުގައި ޚާރިޖީ ވަޒީރެއްގެ ހައިސިއްޔަތުން މުހިންމު ރޯލެއް އަދާކުރެއްވައި، މަޝްރޫއު ފެށި ރަސްމިއްޔާތުގައި ޝާހިދު ދެއްކެވި ވާހަކަފުޅު ހިމެނޭ ވީޑިޔޯއަކާއެކު މިރޭ ސޯޝަލް މީޑިއާގައި ވިދާޅުވީ، މިރޭ ހަނިމާދޫ އެއާޕޯޓުގެ ބިޔަ މަޝްރޫއު ނިންމައި އިފްތިތާޙު ކުރުމުން އިންޑިއާގެ ދީލަތި އެހީތެރިކަމަށްޓަކައި ހިތުގެ އެންމެ ފުންމިނުން އިންޑިއާ ސަރުކާރާއި އެ ގައުމުގެ ރައްޔިތުންނަށް ޝުކުރު ދަންނަވާ ކަމަށެވެ.

ޝާހިދު ވިދާޅުވީ، މި މަޝްރޫއު ފެށިއިރު އޭރު އިދިކޮޅުގައި ތިއްބަވައިގެން ހަނިމާދޫ އެއާޕޯޓާބެހޭ ގޮތުން މި ސަރުކާރުގެ އިސްވެރިން ދައްކަމުންދިޔަ ވާހަކަތަކަކީ ދޮގުކަން ސާބިތު ވެއްޖެ ކަމަށެވެ. އެގޮތުން އޭރު އިދިކޮޅުގައި ތިއްބަވައިގެން ހަނިމާދޫ އެއާޕޯޓާބެހޭ ގޮތުން ދެއްކި ވާހަކަތަކުގެ ތެރޭގައި، އެ އެއާޕޯޓަކީ އިންޑިއާގެ މިލިޓަރީ މަރުކަޒެއްގެ ގޮތުގައި ލޭބަލް ކުރުމާއި އަދި އެއާޕޯޓުގެ ކޮންޓްރަކްޝަން މަސައްކަތް ކުރުމުގައި އުޅެނީވެސް އިންޑިއާގެ ސިފައިން ކަމަށް ބުނެ، ހަނިމާދޫ އެއާޕޯޓުގެ މަޝްރޫއަކީ ރާއްޖޭގެ ސަލާމަތަށް އޮތް ނިރައްކަލެއްގެ ގޮތުގައި ސިފަކޮށް، އިދިކޮޅުން އޭރު ދެއްކި ވާހަކަތައް ޝާހިދު ހަނދާން އާކޮށް ދެއްވިއެވެ.

ޝާހިދު ވިދާޅުވީ، އޭރު އިންޑިއާއަށް ނިސްބަތްވާ ކޮންމެ މަޝްރޫއެއް ސިޔާސީކޮށް، ސިޔާސީ ހަތިޔާރަކަށް ހެދި ކަމަށެވެ. ނަމަވެސް ތަޤުދީރު އައިސް އަރައި ހަމަކުރިއިރު، ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ރައީސް މުއިއްޒުގެ ޓީމުން އިންޑިއާ އާއި ގުޅުވައި، ބަދުނާމު ކުރި ހަނިމާދޫ އެއާޕޯޓުގެ މަޝްރޫއު ނިމި، އެންމެފަހުން އެ އެއާޕޯޓު ހުޅުވައި ދެއްވަން ޖެހިވަޑައިގަތީވެސް ރައީސް މުއިއްޒަށްކަން ޝާހިދު ފާހަގަ ކުރެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *