އަމިއްލަ ކުންފުނި ތަކަށް ދޭންހުރި ފައިސާ ދޭނެ ފެންވަރެއް ސަރުކާރުގައި ނެތް، އެކަމެއް ނުވާނެ: ޔާމީން

އަމިއްލަ ކުންފުނި ތަކަށް ދޭންހުރި ފައިސާ ދޭނެ ފެންވަރެއް ސަރުކާރުގައި ނެތް، އެކަމެއް ނުވާނެ: ޔާމީން

އަމިއްލަ ކުންފުނި ތަކަށް ސަރުކާރުން ދޭން ހުރި ހުރިހާ ފައިސާއެއް ފަސް ހަފްތާ ތެރޭގައި ދީ ނިންމާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް އެ ފައިސާ ދެވިފައި ނުވާކަމަށާއި، އަދި ނުވެސް ދެވޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޔާމީން ވިދާޅުވީ، ބިޑަކާވެސް ނުލައި، 206 ކުންފުންޏަކަށް މަޝްރޫއުތައް ބަހާލިއިރު، މީގެކުރިން މަސައްކަތްކޮށް ފައިސާ ނުދީހުރި ކުންފުނި ތަކަށް ފައިސާ ދެވިފައި ނެތް ކަމަށެވެ. އެހެންވެ އެކަމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.

ޔާމީން ވިދާޅުވީ، ގިނަ ޕްރޮޖެކްޓަކެއް ސަރުކާރުގެ މަސްލަހަތު އޮތް ބޭފުޅުންނާ ގުޅުން ހުރި ކުންފުނި ތަކަށް ބަހާލިއިރު، މިހާރުވެސް އަމިއްލަ ކުންފުނި ތަކަށް ސަރުކާރުން ދޭން 14 ހާސް މިލިއަން ރުފިޔާ ނުދެވި ތާށި ވެފައިވާ ކަމަށެވެ. ނަމަވެސް ކުންފުނި ތަކަށް ފައިސާ ދޭނެ ފެންވަރެއް މި ސަރުކާރުގައި ނެތް ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

"މުއިއްޒު ވިދާޅުވީ ފަސް ހަފްތާ ތެރޭ މި ނިންމަނީއޭ. ބޮޑު ފަންޝަނެއްގެ ތެރޭ އެކަން ކުރާ ވާހަކަ އަޑުއިވުނީ. އެ ފެއިލް ވެއްޖެ, އެކަމެއް ނުވި, އެކަމެއް ނުވެސް ވާނެ." ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ސަރުކާރުން ފައިސާ ދޭންޖެހި ނުދެވިފައި ވަނީ ހަމައެކަނި އަމިއްލަ ކުންފުނިތަކަށް އެކަނި ނޫން ކަމަށާއި، ސަރުކާރު ހިއްސާވާ ކުންފުނި ތަކަށްވެސް ފައިސާ ދޭން އެބަހުރި ކަމަށެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *