ގައުމީ ވިސްނުން ނެތި ގާފިލުވެ ތިބިއްޔާ ނިކަން ފަސޭހައިން މިނިވަންކަން ގެއްލިދާނެ: ރައީސް

ގައުމީ ވިސްނުން ނެތި ގާފިލުވެ ތިބިއްޔާ ނިކަން ފަސޭހައިން މިނިވަންކަން ގެއްލިދާނެ: ރައީސް

ގައުމީ ވިސްނުން ބެހެއްޓުމެއްނެތި ގާފިލުވެގެން ތިބިއްޔާ ވަރަށް އަވަހަށް މިިނިވަންކަން ގެއްލިގެން ހިނގައިދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުރީގައި ގައުމުތައް އަޅުވެތިކުރަން ނުކުންނަނީ ހަތިޔާރު ހިފައިގެން ކުރިމަތިލައިގެން ކަމަށްވިއަސް ބަވަނަވެފައިވާ މިއަދުގެ ދުނިޔޭގައި އެ ކަމަށް ހަތިޔާރު ބޭނުންކުރާކަށް ނުޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމް ދީނުގެ މަތިވެރި ހިދާޔަތުގައި ތިބި ބައެއްކަން، އެއް ބަހަކުން ވާހަކަ ދައްކާ އެއް ނަސްލެއްގެ ބައެއްކަން، މި އެއްބައިވަންތަކަން ގެއްލުވާލުމަކީ މިހާރު ކޮންމެހެން ކަނޑިއާއި ބަޑި ހިފައިގެން ކުރަން ޖެހޭ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

"މިއަދު މި ޓެކްނޮލޮޖީގެ ޒަމާނުގައި މިނިވަންކަން ގެއްލިގެން ގޮސްދާނެ އަޅުގަނޑުމެން ގާފިލުވެ ތިބިއްޔާ.

އެހެންވެ ރެއާއި ދުވާލު ގައުމާމެދު ވިސްނައި ގައުމީ ވިސްނުން ކުރިއަށް ނެެރެންވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަމިއްލަ މަސްލަހަތަށްވުރެ ބޮޑަށް ގައުމު އަބަދުވެސް ހުރިހާ ކަމެއްގައި އިސްކުރަންވާނެކަމަށް ރައީސް ވިދާޅުވި އެވެ.

މިއަދު މިނިވަންކަމާ ހަނގުރާމަ ކުރަން ޖެހެނީ ސިކުނޑި އާއި ކޮންމެ މީހަކު ވެސް ހިޔާލުފާޅުކުރަން ބޭނުންކުރާ ފޯނު ފަދަ އިލެކްޓްރޯނިކް މީޑިއަމްތަކުން ކަމަށް ވިދާޅުވި އެވެ.

ޔުނީފޯމު އެޅި ހިދުމަތްތެރިންގެ އިތުރުން ކޮންމެ ފަރުދަކަށް ވެސް ގައުމުގެ މިނިވަންކަމުގެ ދިފާއުގައި ޒިންމާއެއް އެބަ އޮތް ކަމަށް ރައީސް ވިދާޅުވި އެވެ.

."އެ މީހެއްގެ ވިސްނުން ގައުމާ އެއްކޮޅަށް ބަހައްޓަން އަޒުމު ކަނޑައަޅައި ރެއާއި ދުވާލު ތިބެއްޖެނަމަ، މި ގައުމާ މެދު ކަންބޮޑުވާކަށް ނުޖެހޭނެ،" ރައީސް ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *