ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، ހުރިހާ ދިވެހި ރައްޔިތުންނަށް ހެޔޮއެދުމާއި ތަހުނިޔާ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވިދާޅުވެއްޖެއެވެ.
ސޯލިހު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަނިކުފާނުގެ ދުއާއަކީ މާތް ރަސްކަލާނގެ ދިވެހި ރާއްޖެއަށް އަބަދުމެ ނަސްރާއި ކާމިޔާބު މިންވަރު ކުރެއްވުން ކަމަށެވެ.
ނަޞްރުގެ ދުވަހަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދިފާއުކުރުމަށްޓަކައި 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހު ދިވެހި ސިފައިންން ކުރި ޖިހާދުގެ ހަނދާން އާކުރާ ދުވަހެއް ކަމަށެވެ.
ނަސްރުގެ ދުވަހަކީ ދިވެހިންގެ އެއްބައިވަންތަކަމާއި ހިތްވަރު ދައްކުވައިދޭ، އަދި ގައުމީ ރޫޙު އާލާކުރާ މުހިންމު ދުވަހެކެވެ.






